ވިލާ ކޮލެޖުގެ އެންމެ ޝަރަފުވެރި އެވޯޑް އޭދަފުށީ ދަރިވަރަކަށް

ވިލާ ކޮލެޖުގެ ޝަރަފްވެރި އެވޯޑް ހޯދި ހަސަން ނަސީހު
ވިލާ ކޮލެޖުގެ ޝަރަފްވެރި އެވޯޑް ހޯދި ހަސަން ނަސީހު

ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް” އޭދަފުށީ ދަރިވަރަކު ހާސިލްކޮށްފި އެވެ.

ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކުރި އޭދަފުށީ ދަރިވަރަކީ ރޯޝަނީގޭ، ހަސަން ނަސީހު އެވެ. ނަސީހުގެ އިތުރުން ހަތް ކުއްޖަކު މި އެވޯޑް ހާސިލުކުރި އެވެ،

ނަސީހު މި އެވޯޑް ހާސިލުކުރީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން (ވީސީއީސީ) ނިންމި ބެޗެލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުންނެވެ.

ވިލާ ކޮލެޖުގެ ޝަރަފްވެރި އެވޯޑް ހޯދި ދަރިވަރުން
ވިލާ ކޮލެޖުގެ ޝަރަފްވެރި އެވޯޑް ހޯދި ދަރިވަރުން

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އެކައުންޓިން ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ނަސީހު ވަނީ އެ ކޯހުން ސީޖީޕީއޭ 3.67 އަށް ވުރެމަތިން މާކްސް ހޯދައި، ބުކް ޕްރައިސްވެސް ޙާޞިލްކޮށްފަ އެވެ. ނަސީހުގެ އިތުރުން ވީސީއީސީން ޑިގްރީ ޕްރޮގްރާމު ނިންމައި މިއަދު ގްރެޖުއޭޓްވި 7 ދަރިވަރަކުވެސް ވަނީ ބުކް ޕްރައިސް ހޯދައިފަ އެވެ.

އެއީ ޝަހްލާ އަލީ، ޝަފްނާ އަބްދުލްފައްތާހު، އިޝާން އިބްރާހިމް، އަހްމަދު ޝަރީފް، އަބްދުލްފައްތާހު މުހައްމަދު، ފާތުމަތު ޚާލިދު އަދި އާމިނަތު ސަނާ އެވެ.

ހަސަން ނަސީހުގެ ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ފުރަތަމަ ފަހަރަށް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ޑިގްރީ ޕްރޮގްރާމު ފުރިހަމަކޮށް މިއަދު ގްރެޖުއޭޓްވި ހުރިހާ ދަރިވަރުންނަށްވެސް މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު = ސީޓޭ

    ނަސީޙު އަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން. އޭދަފުށީ ކެމްޕަހުން ޑިގްރީ ޕްރޮގްރާމު ފުރިހަމަކޮށް މިއަދު ގްރެޖުއޭޓްވި ހުރިހާ ދަރިވަރުންނަށްވެސް މަރުހަބާ ކިޔަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.