ސައްޓުގެ 2 ގޯލާއެކު ޗެންޕިއަން ބީ.އެމް.އެލް އަށް ރަނގަޅު ފެށުމެއް

ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ
ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ

ރޭ ފެށި ކްލަބު މޯލްޑިވްސް ކަޕް 2017 ގައި އިޝާން އިބްރާހިމް (ސައްޓު)ގެ 2 ގޯލުން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއިން ފެށުން ރަނގަޅުކޮށްފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކުޅިވަރު އެކުވެނި ވެލި ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ގްރޫޕް އޭ ގެ މެޗްގައި ޔުނައިޓެޑް ބީ.އެމް.އެލް އިން އެމް.އޭ.ސީ.އެލް ބަލިކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ
ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ

އެ މެޗުގައި ބީއެމްއެލް އަދި އެމްއޭސީއެލްގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި ބީއެމްއެލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު)އެވެ.

ޔުނައިޓެޑް ބީ.އެމް.އެލް އަށް މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކޮށްދިނުމުގައި އިޝާން އިބްރާހިމް (ސައްޓު)ގެ ދައުރު ވަރަށް ބޮޑެވެ.

ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ މޭން އޮފް ދަ މެޗް ޓްރޮފީ އިޝާން އިބްރާހިމްއަށް ފަސްޓް ލެޑީ ފާތުމަތު އިބްރާހިމް ހަވާލުކޮށްދެނީ | ފޮޓޯ: އިމޭޖަސް.އެމްވީ
ޔުނައިޓެޑް ބީ.އެމް.އެލާއި އެމް.އޭ.ސީ.އެލް ބައްދަލުކުރި މެޗްގެ މޭން އޮފް ދަ މެޗް ޓްރޮފީ އިޝާން އިބްރާހިމްއަށް ފަސްޓް ލެޑީ ފާތުމަތު އިބްރާހިމް ހަވާލުކޮށްދެނީ | ފޮޓޯ: އިމޭޖަސް.އެމްވީ

ވާދަވެރި އެ މެޗުގައި ދެ ޓީމުން ވެސް ފާހަގަކޮށްލެވޭ ފުޓްބޯޅަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. ބީއެމްއެލް ޓީމުން ކްލަބު ވެލެންސިއާއަށް ކުޅެމުންދާ އިބްރާހިމް ހަމްދާން (މެސީ) ފެނިގެންދިޔައިރު، އެމްއޭސީއެލް ޓީމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގައުމީ ޓީމަށް ކުޅެމުންދާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު ރަޝީދު (ހޮކޭ) ފެނިގެންދިޔައެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.