ކުޑަކުދިންނަށް އިންފްލުއެންޒާ ވެކްސިން ޖެހުން ބ. އަތޮޅު ހޮސްޕިޓަލުގައި

ދިރާގުގެ މުވައްޒަފެއްގެ ދަރިއަކަށް ވެކްސިން ޖަހަނީ.  ކުޑަކުދިންނަށް އިންފްލުއެންޒާ ވެކްސިން ޖެހުން ބ. އަތޮޅު ހޮސްޕިޓަލުގައި މާދަމާ ފަށާނެ
ދިރާގުގެ މުވައްޒަފެއްގެ ދަރިއަކަށް ވެކްސިން ޖަހަނީ. ކުޑަކުދިންނަށް އިންފްލުއެންޒާ ވެކްސިން ޖެހުން ބ. އަތޮޅު ހޮސްޕިޓަލުގައި މާދަމާ ފަށާނެ

ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް މާދަމާއިން ފެށިގެން ބ. އަތޮޅު ހޮސްޕިޓަލުގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.

މި ވެކްސިން ޖަހައިދޭނީ ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އަތޮޅު ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގަ އެވެ. ވެކްސިން ޖަހައިދެނީ 130ރ. ގެ ފީ އަކަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ވެކްސިން ޖަހަން އަންނަ އިރު އައިޑީކާޑާއި ވެކްސިން ކާޑް އަދި ވެކްސިންގެ އަގަށްވާ 130ރ. ގެންނަން ޖެހޭނެ ކަމަށެވެ.

އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާ މީހުން އަދި އުމުރުން 65 އަހަރުގެ މީހުންނަށް ބ. އަތޮޅު ހޮސްޕިޓަލުން މިހާރު އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.