ފޯސީޒަންގެ އެޕްރެންޓިސްޝިޕް 47 ދަރިވަރަކު ފުރިހަމަ ކޮށްފި

ފޯސީޒަންގެ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ. --ފޮޓޯ ނިޝާން އަލީ/މިހާރު
ފޯސީޒަންގެ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ. –ފޮޓޯ ނިޝާން އަލީ/މިހާރު

ފޯ ސީޒަން ރިސޯޓްގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި 47 ދަރިވަރަކު މިއަދު ގްރެޖުއޭޓްވެއްޖެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި 47 ދަރިވަރުންގެ ތެރެއިން 27 ޒުވާނުންނަކީ ބ. ފޯ ސީޒަނުން ބ. އަތޮޅުގައި ހިންގަމުން އަންނަ ލަނޑާގިރާވަރުގެ ޒުވާނުންނެވެ. އަދި އަނެއް 20 ޒުވާނުންނަކީ ފޯ ސީޒަން ކުޑަ ހުރާ އަށް ނިސްބަތްވާ ޒުވާނުންނެވެ.
އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވަނީ އެޕްރެންޓިސްޝިޕް ފުރިހަމަ ކުރި ކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ފާއިތުވި 16 އަހަރުގެ ތެރޭގައި 500 އަށް ވުރެ ދިވެހިން މި ދާއިރާ އިން ތަމްރީން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހަފްލާގައި ވަނީ އަންނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމަށް ހޮވި ކުދިންގެ ނަންތައް ވެސް އިއުލާން ކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުގެ ޕްރޮގްރާމަށް 63 ކުއްޖަކުވަނީ ހޮވައިފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ދިނުމަށް ފޯ ސީޒަނުން ބާއްވާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން ވެސް ވަނީ ހޮސްޕިޓަލިޓީ އަދި ވޯޓާ ސްޕޯޓްސް އަދި ހައުސް ކީޕިން އިން ތަމްރީނު ހޯދައިފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ދިނުމަށް ބާއްވާ ޕްރޮގްރާމްތަކެކެވެ. އަދި 2017 ވަނަ އަހަރުގެ ޕްރޮގްރާމްގެ މީހުން ވެސް ވަނީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.