ނިޒާމްބެއަށް އަނިޔާވެ ކުޅުމާ ދުރަށް

މާލޭ ލީގުގައި ނިޒާމްބެ (19) މާޒިޔާއާ ދެކޮޅަށް ކުޅެނީ. – ފޮޓޯ: އިމޭޖަސް.އެމްވީ
މާލޭ ލީގުގައި ނިޒާމްބެ (ކ) މާޒިޔާއާ ދެކޮޅަށް ކުޅެނީ. – ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކުލަބުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު، މިއަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސް އަށް މިހާރު ކުޅެމުން އަންނަ އަޙްމަދު ނިޒާމް (ނިޒާމްބެ) އަށް އަނިޔާވެ، ދުވަސްކޮޅަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ނިޒާމްބެއަށް އަނިޔާވީ ހޮނިހިރު ދުވަހު ދެވަނަ ޑިވިޝަނުގެ ދަގޭންގް ކުލަބާއިއެކު ގްރީން ސްޓްރީޓްސް އިން ކުޅުނު ޕްރެކްޓިސް މެޗުގެ ތެރެއިންނެވެ. ކުލަބުން މައުލޫމާތު ދޭގޮތުގައި ނިޒާމްބެގެ ވައަތުފައިގެ ކުޑަހުޅުގައި ވަނީ ރެދެއްލާފައެވެ. އަދި މިއަނިޔާއިން މުޅިން ރަނގަޅުވެ، އަލުން ކުޅުމުގެ ތެރެއަށް އަންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް ކްލަބް ގްރީން ސްޓްރީޓްސް އިން މައުލޫމާތު ދެއެވެ.

މިހާތަނަށް ގްރީން ސްޓްރީޓްސް އިން ލީގުގައި ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ނީޒާމްބެ ވަނީ އެޓީމުގެ ފޯވަޑްލައިނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފެހެންދުއަށް ނިސްބަތްވާ ނިޒާމްބެ ވަނީ މިއަހަރު އޭޝިއަން ކަޕު ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ޕުރިލިމިނަރީ ސުކޮޑްގައިވެސް ހިމެނިފައެވެ.

މިމަހުގެ 13 ވަނަ ދުވަހު މާލޭ ލީގުގައި ގްރީން ސްޓްރީޓްސް އިން ނިޒާމްބެއާ ނުލާ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު، އެކުލަބުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.