ދަނގަޑާއި ދަޅާއި ފުޅިން ކުނިކޮށި ފުނިޖެހިފައި

ދަނގަޑުގެ ބާވަތްތަކުން އޭދަފުށީ ކުނިކޮށި ސަރަހައްދު ފުނިޖެހިފައި، މިއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް
ދަނގަޑުގެ ބާވަތްތަކުން އޭދަފުށީ ކުނިކޮށި ސަރަހައްދު ފުނިޖެހިފައި، މިއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް

މިރަށަކީ ކުނި ނައްތާލުމަށްޓަކައި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރާ ސެންޓަރެއް ގާއިމުކޮށް މެނޭޖްކުރަމުންދާ ރަށެކެވެ. އެގޮތުން ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު، ކުނިކޮށްޓަށް ކުނި އަޅައި އަންދާލެވޭ ކުނިތައް އަންދާލައި، އަންދާ ނުލެވޭ ކުނިތައް އެއް ސަރަހައްދަކަށް އެއްކުރަމުން ދާތާ އެތައް މަހެއް ވެގެންދިޔައިރު އިތުރު މައްސަލަތަކެއް މިވަނީ ފެންމަތިވެފަ އެވެ.

ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރާ ސެންޓަރެއް މިރަށުގައި ގާއިމުކުރާއެކު، ރައްޔިތުން ތިބީ ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ.

ނަމަވެސް މިރަށު ކުނި ކޮށި ސަރަހައްދު މިހާރު އޮތީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ ހާލަތުގަ އެވެ. ދަޅުގެ ބާވަތްތަކާއި ދަގަނޑުގެ ބާވަތްތަކާއި، ޓިނުގެ ބާވަތްތަކުގެ އިތުރުން ޕްލާސްޓިކުގެ ބާވަތްތައް ވެސް އެ ތަނުގައި އެބަހުއްޓެވެ. އެ ތަކެއްޗަކީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ގެއްލުމެއް ނުލިބި ހުންނާނެ ތަކެއްޗެވެ.

ކުނި ކޮށި ސަރަހައްދުގައި ހުރި ފަނާ ނުވާ ޒާތުގެ ކުނިތައް ނައްތާލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ރަށު ކައުންސިލުން ބުންޏެވެ.

ދަޅާއި ފުޅިން ކުނި ކޮށި ފުރިފައި. މިތަކެތި ރައްކާތެރި ގޮތުގައި ނައްތާލެވެން ޖެހޭ: އީޓީ ފޮޓޯ
ދަޅާއި ފުޅިން ކުނި ކޮށި ފުރިފައި. މިތަކެތި ރައްކާތެރި ގޮތުގައި ނައްތާލެވެން ޖެހޭ: އީޓީ ފޮޓޯ

އޭދަފުށީ ކައުންސިލުން ބުނީ މިހާރު ދުވަހުން ދުވަހަށް އުފެދޭ ނައްތާލެވޭ ކުނިތައް އެދުވަހުން ދުވަހަށް ނައްތާލެވޭކަމަށެވެ. އެހެންނަމަވެސް އެކަމުގައިވެސް މިހާރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކައުންސިލުން ފާހަގަކުރި އެވެ. ޕްލާސްޓިކް ދަޅާއި ފުޅި އަދި ދަގަނޑު އެއްކުރެވި މުޅި އެސަރަހައްދު ތޮއްޖެހި ފުރިފައިވާއިރު އެތަނެތި ނައްތާލުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ކައުންސިލުން ބުންޏެވެ.

ދަނގަޑުގެ ބާވަތްތަކުން އޭދަފުށީ ކުނިކޮށި ސަރަހައްދު ފުނިޖެހިފައި، މިއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް
ދަނގަޑުގެ ބާވަތްތަކުން އޭދަފުށީ ކުނިކޮށި ސަރަހައްދު ފުނިޖެހިފައި، މިއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް

އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވި، ވެމްކޯ އާ ހަވާލުކޮށްގެން އެތަކެތި ވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންގޮސް ނައްތާލެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކި ސިފަސިފައިގައި މިނިސްޓްރީގައިވެސް އެ ވާހަކަތައް ދެކެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

“ވެމްކޯއިން މި ސަރަރައްދުގެ ރަށްރަށުގައި ހުރި މިބާވަތުގެ ކުނިތައް އަންނަނީ ނަގަމުން، ރޯދައިގެ ކުރިން މިރަށުގައި ހުރި މިބާވަތުގެ ކުނިތައްވެސް ނައްތާލެވޭތޯ މި އަންނަނީ މަސައްކަތް ކުރަމުން،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.