ބަހިއްޔާ ޕްރީ ސްކޫލަކީ އޭދަފުށީ އޮފީހުން ހިންގާ ތަނެއް ނޫން: ކައުންސެލަރ ހަބީބު

ކައުންސެލަރ މުހައްމަދު ހަބީބު: ބަހިއްޔާ ޕްރީ ސްކޫލް ބަންދު ކުރަން ޖެހުނު ސަބަބެއް ނޭނގޭ ކަމަށް ވިދާޅުވި.–ފައިލް ފޮޓޯ

އަޅުގަނޑު ސްކޫލަށް ނުނިކުތީ ބެލެނިވެރިންގެ ކުރިމަތީގައި ކައުންސެލަރ ޓީޗަރުންގެ އަގުވައްޓާލުމުން: ޝާހިދާ

ކިޔަވައިދޭނެ އެއްވެސް ޓީޗަރަކު ހާޒިރު ނުވުމާ ގުޅިގެން ބ. އަތޮޅު އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގެ ކިޔެވުން މިއަދު ބަންދުވުމަކީ އޭދަފުށީ އޮފީހާ ބެހޭ ކަމެއް ނޫން ކަމަށް އެ އޮފީހުން ބުނެފި އެވެ.

އޭދަފުށީ ރައްޔިތުންގެ ނަމުގައި އޭދަފުށީ އޮފީހުގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގާ މި ސްކޫލް ބަންދު ވުމާ ގުޅިގެން މިއަދު މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އޭދަފުށީ ކައުންސެލަރ މުހައްމަދު ހަބީބު ވިދާޅުވީ ބަހިއްޔާ ޕްރީ ސްކޫލަކީ ކޮން ބަޔަކު ހިންގާ ސްކޫލެއްކަން އެ އޮފީހަށް ނޭނގޭ ކަމަށާއި އަދި އެ ސްކޫލްގެ ކިޔެވުން ބަންދު ކުރުމަކީ ވެސް އެ އޮފީހުގެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބަހިއްޔާ ބަންދު ވުމާ ގުޅިގެން ބައެއް އާންމުން އެ ކަމާ ސުވާލު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެ ތަން ބަންދުވުމުގެ ޒިންމާ އެ އޮފީހުން ނެގެން ނޯންނާނެ ކަމަށެވެ.

“އަޅުގަނޑު މި ދަންނަވަނީއެއް ނޫންތޯ އެއީ ކޮން ބަޔަކު ހިންގާ ތަނެއް ކަމެއް ނޭނގޭ. އަޅުގަނޑު އޮފީހާ ހަވާލުވީއްސުރެ އެ ކަން ސާފު ކުރެވޭ ތޯ ބަލަމުން މި ދަނީ. އަދިވެސް ނޭނގޭ ކޮން ތާކުން ހިންގާ ސްކޫލެއް ކަމެއް އެއީ،” މި އަހަރުގެ ޖެނުއަރީ ފަހުކޮޅު އޭދަފުށީ ކައުންސެލަރ ކަމާ ހަވާލުވެ ވަޑައިގަތް ހަބީބު ވިދާޅުވި އެވެ.

ހަ ޓީޗަރަކު ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ބަހިއްޔާގެ ހުރިހާ ޓީޗަރުން ވެސް މިއަދު ސަލާމް ބުނެފައިވާކަން އީޓީ އަށް އެނގިފައިވެ އެވެ.

90 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަމުންދާ އެ ސްކޫލްގެ ބައެއް ކުދިން މިއަދު ހެނދުނުގެ ސެޝަންގައި ސްކޫލަށް ހާޒިރުވި ނަމަވެސް ފަހުން ވަނީ ހުރިހާ ކުދިން ވެސް އެނބުރި ގެ އަށް ގޮސްފަ އެވެ.

ބަހިއްޔާގައި ކިޔަވައިދޭ ވަގުތީ ޓީޗަރެއް ކަމަށްވާ އޭދަފުށީ ގުލްބަކާގޭ ޝާހިދާ ހުސައިން ވިދާޅުވީ ސްކޫލަށް ނުނިކުތީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބަހިއްޔާގެ ބެލެނިވެރިންނާ ބައްދަލުކޮށް ކައުންސެލަރ ޓީޗަރުންގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި ވާތީ ކަމަށެވެ.

“ހަބީބު (ކައުންސެލަރ) ބުނީ ބަހިއްޔާގައި އުޅޭ ބައެއް ޓީޗަރުންނަކީ ކޮން ތާކުން ލައްވާފައި ތިބި ބައެއް ކަމެއް ނޭނގޭ. އެ މީހުން ލާފައި ތިބީ ކިހިނެއް ކަމެއް ވެސް ނޭނގޭ. މި ފަދަ ގޮތަކަށް ބޭޒާރު ކުރުމުގެ ވާހަކަތަކެއް ދެއްކީ،” އޭދަފުށީ އަންހެނުންގެ ކޮމެޓީގެ ރައީސާކަން ވެސް އަދާ ކުރައްވަމުން ގެންދަވާ ޝާހިދާ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ ބަހިއްޔާ ޕްރީ ސްކޫލްގެ ބެލެނިވެރިންނާ އެ ސްކޫލްގެ ރޯޝަނީ މާލަމްގައި ކައުންސެލަރ ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި އެ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބެލެނިވެރިއަކު ވެސް އީޓީ އަށް ކިޔައިދިނެވެ.

މި މައްސަލައާ ގުޅިގެން ބ. އަތޮޅު ކައުންސެލަރ ޔޫސުފް މޫސާ އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން ބަނދަރުމަތީގައި ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މި ކަން ކުށްވެރިކޮށް އޭދަފުށީގެ ޒުވާން އުމުރުފުރާގެ ކުދިންކޮޅެއް މިއަދު އޭދަފުށީގެ މަގުތަކުގައި ލިޔުންތަކެއް ހިފައިގެން ސައިކަލް ބުރެއް ބާއްވާފައި ވެސް ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.