ރައީސް ވަޑައިގަންނަވާތީ ކައުންސިލުން ބައިލައްކަ ރުފިޔާ ޚަރަދު ކުރަނީ

ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ؛ ރައީސް އޮފީސް
ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޔާމީން އަންނަ ހަފްތާ އޭދަފުއްޓާ ވަޑައިގަންނަވާތީ, އެކިއެކި ކަންކަމަށް ޚަަރަދުކުރުމަށް ރަށު ކައުންސިލުގެ ބަޖެޓުން ބައިލައްކަ ރުފިޔާ ޚަރަދުކުރަން ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލްގެ 4 މެމްބަރުންގެ މެޖޯރިޓީން ކައުންސިލުގެ ބަޖެޓުން މި ހަރަދު ކުރަން ނިންމީ އަންނަ ހަފްތާ ރައީސް މިރަށަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ރައްޔިތުންނާ ބައްދަލުކުރުމަށް ޖަލްސާ ބާއްވާ ރަސްމީ ސްޓޭޖް ސަރަހައްދުގައި ޓެންޓެއް ހެދުމަށާއި ސްޓޭޖް މަރާމާތުކޮށް ކުލަ ލައި ހަދައި އެ ސަރަހައްދު އެއްކޮށް ރަށުތެރެ ޒީނަތްތެރި ކުރުމަށެވެ.

ރައީސްގެ ދަތުރުފުޅަށް ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ވަނީ ފަށައިފަ އެވެ. ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރު އޮފީސްތަކުގެ ބައެއް މުވައްޒަފުންނާއި ޕީޕީއެމް އަށް ސަޕޯޓްކުރާ ގިނަ ބަޔަކު ހަރަކާތްތެރިވެ އެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުތެރެ ޒީނަތްތެރިކޮށް، އެ ސަރަހައްދުގައިވާ ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ރާއިފް ޔޫސުފް/މިހާރު
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުތެރެ ޒީނަތްތެރިކޮށް، އެ ސަރަހައްދުގައިވާ ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތް ކުރަނީ.—ފޮޓޯ: ރާއިފް ޔޫސުފް
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުތެރެ ޒީނަތްތެރިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ރާއިފް ޔޫސުފް
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުތެރެ ޒީނަތްތެރިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ.—ފޮޓޯ: ރާއިފް ޔޫސުފް

ރައީސް ޔާމީން އަންނަ ހަފްތާ އޭދަފުއްޓަށް ވަޑައިގަންނަވަނީ ރ އަދި ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގަ އެވެ. މި ދަތުރު ފުޅުގައި މިއަތޮޅު ތުޅާދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެކަމަކު، “އީޓީ” އަށް އެނގިފައިވާ ގޮތުގައި، އަންނަ އަންގާރަ ދުވަހު ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގެން، މިރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލައްވައި މިރަށު ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރާނެ އެވެ. އަދި މި ދަތުރުފުޅުގައި ކޮންމެވެސް އާ މަޝްރޫއުއެއް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާނެ އެވެ.

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހާދަ ދެރައޭ

    ދިވެހިރާޢްޖޭގެ ރައީސުލްޖުމްހުރިއްޔާ މިރަށް ވަޑައިގަންނަވާތީ ބައިލައްކަ ރުފިޔާ ޚަރަދު ކުރާތީ އީޓީއަށް ހާދަ ކަންބޮޑުވެއްޖެއޭދޯ. އީޓީއަށް ދަންނަވާލަން އޮތީ، ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތްނުކޮށް ސަރުކާރާއި ދެކޮޅަށް ނުވަތަ ރައްޔިތުންގެ މެދުގައި ސަރުކާރާއި ދޭތެރޭ ނަފުރަތު އުފައްދަން ތިޔަ ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާށޭ. ނޫނީ ނިކަން ރަހަޅަށް ސިޔާސީވެގެން ސަރުކާރާޢި ދެކޮޅަށް ފާޑުކިޔާ ބަލާށޭ. ބައިލައްކަ ރުފިޔާ ޚަރަދު ކުރާތީ މިރަށު ރައްޔިތުނަ ކަމެއް ބޮޑެއްނުވޭ. އަދި އެކަމާ ހިތްހަމަނުކެހުމެއއްވެސް ނެތް. ވަރަށް ސަލާމް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.