މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ މެޗްތައް ފަސްކޮށްފި

މިނިވަން ޗެންޕިއަންޝިޕްގެ ބ.އަތޮޅުގެ ބުރުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި ފުރަތަމަ މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިނިވަން ޗެންޕިއަންޝިޕްގެ ބ.އަތޮޅުގެ ބުރުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި ފުރަތަމަ މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

މިހާރު ކުރިޔަށްދާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް އެފް.އޭ.އެމް އިން ފަސްކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޖެނެރަލް ސްކެޓްރީ ހުސައިން ޖަވާޒް އީޓީ މިއަދު އީޓީއަށް މައުުލޫމާތު ދެމުން ވިދާޅުވީ ޒޯން 3 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްތަށް މިމަހު 20 ވަނަ ދުވަހު ފެށުމަށް ފަސްކުރެވިފައިވާ ކަމަށާއި ޒޯން 3 ގެ މެޗްތަށް ކުރިޔަށް ގެންދާނެ ވަކި ރަަށެއްް އަދި ނުނިންމާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ރަށްރަށުން ހުޅަހަޅަފައިވާ ޕްރޮޕޯސަލްތަށް އިވެލުއޭޓް ކުރުމުގެ މަސައްްކަަތެވެ. މުބާރާތުގެ ޒޯން 3 ގެ މެޗްތަށް ފަސްކުރި ސަބަބެއް ޖަވާޒް ވިދާޅެއްނުވެއެވެ.

މީގެ ކުރިން ޒޯން 3 ގެ މެޗްތަށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ޒޯން 3 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އުނގޫފާރާއި އޭދަފުއްޓެވެ. ދެވަނަ މެޗްގައި އޮޅުވެލިފުއްޓާ ދެކޮޅަށް އުނގޫފާރު ނިކުންނަ އިރު 3 ވަނަ މެޗްގައި ޗެންޕިއަން އޭދަފުށި ނިކުންނާނީ އޮޅުވެލިފުއްޓާ ދެކޮޅަށެވެ. ފައިނަލަށް ދާނީ ތިންޓީމު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.