އިތުރު 3 އަހަރު ނިއުރޭޑިއަންޓް ގައި މަޑުކުރަން ސެންޓޭ ނިންމައިފި

ކޮންޓުރެކްޓުގައި ސޮއިކުރުމަށްފަހު އަލީ ފާސިރު. ފޮޓޯ: އިސްމާއީލް ތާރިގު އެމްވީފޯރި
ކޮންޓުރެކްޓުގައި ސޮއިކުރުމަށްފަހު އަލީ ފާސިރު. ފޮޓޯ: އިސްމާއީލް ތާރިގު އެމްވީފޯރި

ބ.އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) މިހާރު އޭނާ ކުޅެމުން އަންނަ ނިއުރޭޑިންޓް ސްޕޯޓްސް ކްލަބުގައި އިތުރު 3 އަހަރު މަޑުކުރަން ނިންމައިފިއެވެ.

ނިމިގެން ދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުވެސް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ ފާސިރު (ސެންޓޭ) 2020 ވަނަ އަހަރުގެ ނިޔަލަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި މަޑުކުރާނެއެެވެ. ސެންޓޭ އާއި ނިއުރޭޑިންޓާއި ދެމެދު އާކުރި ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ހަފްލާ ކުރިޔަށް ގެންގޮސްފައިވަނީ މިރޭ ސެންޓްރަލް ހޮޓެލުގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑު މުޙައްމަދު ޒިޔާދު ވިދާޅުވީ ކްލަބުގެ އިތުރު ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުުރުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށާއި ސެންޓޭ ނިއުގައި މަޑުކުރަން ނިންމި ނިންމުމަކީ ވަރަށް ޕްރޮފެޝަނަލް ނިންމުމެެއްކަމަށެވެ.
މިހަފްލާގައި ސެންޓޭ ބުނީ ނިއުގެ ކޮންޓްރެކްޓް އާކުރަން ނިންމީ މިހާރުގެ މެނޭޖުމަންޓާއި މެދު އޮތް އިތުބާރުގެ ސަބަބުން ކަމަށާއި ނިއުއަށް ކާމިޔާބު ހޯދައިދިނުމުގައި އޭނާގެ ސަތޭކަ ޕަސެންޓް ދޭނެ ކަމަށެވެ.

”އަޅުގަނޑު ކުޅޭތާ މިވީ އަށް އަހަރު ނުވަތަ ނުވަ އަހަރު ، (އާ މެނޭޖުމަންޓްގެ ދަށުން) މިވީ ތިން މަސް ދުވަސްތެރޭގައި އަޅުގަނޑުމެންނަށް ފެންނަނީ ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެމުންދާ ތަން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ނިއުރޭޑިއަންޓް މިހާރު ކުރިއަށް ދާގޮތުން ދިގު މުއްދަތަކަށް ސޮއި ކުރުމަކީ މެނޭޖުމަންޓަށް ވެސް ފަސޭހަ ވާނެ ކަމެއް” ސެންޓޭ ބުންޏެވެ.

ސެންޓޭއާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި އޭދަފުއްޓަށް ނިސްބަތްވާ 4 ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު ، އަހުމަދު ޝުހައިލް އަދި ވޭތިވިދިޔަ އަަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށި ފުޓްބޯޅަ ޓީމްގެ ގޯލް ކީޕަރ އަބްދުﷲ ޒިޔަޒަންއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.