އައިސީޕީގެ ހިދުމަތްތައް އޭދަފުއްޓަށް

17880386_1009023342561130_6011618772120144071_o

އިންސްޓިޓިއުޓް އޮފް ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގެ ހިދުމަތްތައް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.

އައިސީޕީ އާއި އޭދަފުށީ މެޑިކަލް ސެންޓަރު ގުޅިގެން ބާއްވާ މި ޕްރޮގްރާމއޮންނާނީ މިމަހުގެ 22، 23 އަދި 24 ގައި އޭދަފުށީ މެޑިކަލް ސެންޓަރުގަ އެވެ.

ކޮންސަލްޓޭޝަން އާއި ކައުންސިލިންގެ އިތުރުން ސައިކޯތެރަޕީ ދިނުމާއި ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

އައިސީޕީން ދޭ ޚިދުމަތްތަކުގެ ތެރޭގައި އޯޓިޒަމްގެ އަލާމާތެއް ހުރިތޯ ސްކްރީން ކުރުމާއި، ޑިޕްރެޝަން އާއި އެންޒައިޓީ ހުރިތޯ ސްކްރީން ކުރުމުގެ އިތުރުން އައިކިޔު ޓެސްޓްކުރުމާއި އުނގެނުމުގެ ދަތިކަން ހުރިތޯ ޓެސްޓްކުރުން ހިމެނެ އެވެ.
މީގެ އިތުރުން ނަފްސާނީ ގޮތުން އިރުޝާދު ދިނުމާއި ދިރިއުޅުމުގައި ދިމާވާ އާއިލީ މައްސަލަ ތަކާއި، ޕޭރަންޓިން، ސްޓެރެސް މެނޭޖްމަންޓާއި އެންގަ މެނޭޖްމަންޓް ފަދަ ދާއިރާތަކުން އެހީ ފޯރުކޮށްދެވޭނެ ކަމަސްވެސް އައިސީޕީން ބުންޏެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ހިދުމަތް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އޭދަފުށީ މެޑިކަލް ސެންޓަރު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ. އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނީ 9631111، 7523242 ނަންބަރު ފޯނާ އެވެ.
އެ އިންސްޓިޓިއުޓުން، މީހުން ބިނާކުރުމާއި، ކައުންސިލިން ބޭނުންވާ އެކިއެކި ދާއިރާތަކުން މީހުންނަށް ކައުންސިލިން ދިނުމާއި ޕާސަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމު ހިންގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.