ރައީސްގެ ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: އީޓީ ފައިލް ފޮޓޯ
ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: އީޓީ ފައިލް ފޮޓޯ

ރައީސް ޔާމީން އަންނަ އަންގާރަ ދުވަހު އޭދަފުއްޓަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މިއަދު ފަސް ކުރައްވައިފި އެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ. ދެން ރައީސް ވަޑައިގަންނަވާނެ ތާރީޚެއް ވެސް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ.

އެކަމަކު ދަތުރުފުޅުގެ ޝެޑިއުލް އަށް އައި ބަދަލާއެކު ރައީސްގެ ދަތުރުފުޅު ފަސްކުރެއްވި ކަން ރައީސް އޮފީހުން މިއަދު ވަނީ މިރަށު ކައުންސިލަށްވެސް އަންގައިފަ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި، ރައީސްގެ ދަތުރުފުޅު ފަސްކުރެއްވީ، މިމަހުގެ 25 އަށެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މިރަށުގައި ވަރަށް ގިނަ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ. އެމަނިކުފާނު ވަޑައިގަންނަވާތީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ރަށުގެ ބަނދަރު ސަރަހައްދު އަންނަނީ ވަރަށްބޮޑަށް ޒީނަތްތެރި ކުރަމުންނެވެ.

ރައީސްގެ މި ދަތުރުފުޅަކީ މި ދަތުރުފުޅަކީ ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މިއަތޮޅު ތުޅާދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢާދިލް

    ނޫސްވެރިކަން ކުރަން ނޭނެގެންޏާ ރަގަނޅުވާނީ ހުއްޓާލިއްޔާ ނޫސްވެރިކަމަކީ ކޮބައިކަންވެސް ނޭންގެދޯ؟؟؟؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.