މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އޮންލައިން ކޯސްތަކެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބިޒްނަސް ސްކޫލް އިން ހުޅުވާލާފައިވާ އޮންލައިން ކޯސްތަކަކީ ފައުންޑޭޝަން ކޯސްތަކާއި، ޑިޕްލޮމާ ކޯސްތަކާއި އަދި އެސޯސިއެޓް ޑިގްރީ ކޯސްތަކެވެ.
މިއީ ރަށުގައި ތިބެގެން ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވަން ބޭނުންވާ ކުދިންނަށް ރަނުގެ ފުރުސަތެކެވެ.
މި ހުރިހާ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ކޯސްތަކެކެވެ.
މި ކޯސްތަކުގައި ކިޔެވުމަށް ބޭނުންކުރާ ހުރިހާ ފޮތްތަކެއް އޮންލައިން ކޮށް ލިބޭނެ އެވެ. މީގެ އިތުރުން އެޓެންޑެސް އޮންލައިން ބެލޭއިރު އެސައިސްމަންޓްތައް އޮންލައިންކޮށް ހުށައެޅެ އެވެ.