ބ. އޭދަފުށީ އިންޖީނުގޭގައި އަލައް ބެހެއްޓި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
މިއަދު މެންދުރު 1:00 އިން ފެށިގެން ކަރަންޓް ކެނޑުނު ގޮތަށް، ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބެ އެވެ.
މިކަމާގުޅޭ ގޮތުން ފެނަކަ އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރަށް ގުޅާލުމުން ވިދާޅުވީ މި ހަބަރު ނޫހުގައި ނުޖެހުމަށެވެ. އަދި މިކަމުގެ މާބޮޑު ތަފްސީލެއް ލިބޭގޮތެއް ނުވި އެވެ. ނަމަވެސް ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށް އިންޖީނުގެއިން ބުންޏެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު، މިއަދު ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވީ އެތަނުގަިއ އެންމެފަހުން ބެހެއްޓި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ޑައުންވެގެންނެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލައާ ގުޅިގެން ކަރަންޓް ކަނޑަން ޖެހުމުގެ ސަބަބުން އާއްމުންނަށާއި ވިޔަފާރިވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެެވެ.