ކަރަންޓް ކެނޑުން ތަކުރާރުވާނެ: އިންޖީނުގެ

12422482_921954194525834_1979650493_o

އޭދަފުށީ އިންޖީނު ގޭގައި މިހާރު ހުރި ކެޕޭސިޓީން ރަށަށް ބޭނުންވާވަރަށް ކަރަންޓު ނުދެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް (ހޫނުގަދަ ދުވަސްތަކުގައި) ކަރަންޓް ކެނޑުން ތަކުރާރުވާނެ ކަމަށް އެތަނުން ބުނެފި އެވެ.

އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރު މިއަދު އީވީ އަށް ވިދާޅުވި ގޮތުގައި މިކަން ހައްލު ކުރުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޭދަފުށީގެ ބޮޑު ސަރަހައްދަކުން މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު ކަރަންޓް ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން ޖަނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން، އެކި ހިސާބުތަކަށް އިންޖީނު ގެއިން އައީ ކަރަންޓު ދެމުންނެވެ. އަދި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވޭ ވަރުވީ ހަވީރު ހަތަރެއް ޖަހާކަންހާއިރު އެވެ.

މިއަދު ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވީ އެތަނުގައި އެންމެފަހުން ބެހެއްޓި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ޑައުންވެގެންނެވެ.

އޭދަފުށީގައި ކަރަންޓް ހިދުމަތް ދިނުމަށް ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ. އެއީ މިއަދު މައްސަލަ ޖެހުނު ޖަނަރޭޓަރުގެ އިތުރުން 300 އަދި 400 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.