ރިޒާ ސަސްޕެންޑް ކުރީ ރަނގަޅަށް: ކޯޓް

އޭދަފުށީ ކައުންސިލުން މެންބަރު މުހައްމަދު ރިޒާ. ކޯޓުން ނިންމީ އޭނާ ސަސްޕެންޑްކުރީ ރަނގަޅަށް ކަމަށް.
އޭދަފުށީ ކައުންސިލުން މެންބަރު މުހައްމަދު ރިޒާ. ކޯޓުން ނިންމީ އޭނާ ސަސްޕެންޑްކުރީ ރަނގަޅަށް ކަމަށް.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފައިވާ ކައުންސިލަރުންގެ ސްލޫކީ މިންގަނޑުތަކާއި ޚިލާފުވެގެން އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވަޒީފާއިން ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުސާރަ އާއި އިނާޔަތް ނުހިނގާ ގޮތަށް 90 ދުވަސް ވަންދެން މުހައްމަދު ރިޒާ އެލްޖީއޭގެ ސްލޫކީ މިންގަނޑުތަކާ ހިލާވުވެގެން ވަޒީފާއިން ސަސްޕެންޑްކުރީ ފެބްރުއަރީ، 3، 2016 ގަ އެވެ.

ކޯޓުން އެގޮތަށް ނިންމީ، ރިޒާ ސަސްޕެންޑް ކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނުބަލާ، ޒާތީ ހަސަދައެއްގެ ގޮތުން ކަމަށްބުނެ، އޭނާ ސަސްޕެންޑް ކުރި ކުރުމަކީ ސާބިތުކުރެވޭފަދަ ހަގީގީ ސަބަބުތަކެއް ހުރެގެން ސަސްޕެންޑްކުރި ކުރުމެއް ނޫންކަމަށް ކަނޑައަޅާ ދިނުމަށް ބ. އަތޮޅު ކައުންސިލުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

ކޯޓް ހުކުމުގައިވަނީ ކައުންސިލުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު ރިޒާ ސަސްޕެންޑް ކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، ބ. އަތޮޅު ކައުންސިލުން މައްސަލަ ބެލުމުގެ ތެރެއިން އޭދަފުށީ ކައުންސިލުގެ ބައެއް މުވައްޒަފުންގެ ބަޔާންތަކުން ރިޒާ އުސޫލުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި އާއްމު އުސޫލެއްގެ ގޮތުން މަދަނީ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވާއިރު، މުހައްމަދު ރިޒާ ތިން މަސްދުވަހަށް ކައުންސިލުގެ މެންބަރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިއޮތް އޮތުމަކީ އެއްވެސް ހަގީގަތެއް ނުބަލާ ޒާތީ ހަސަދައެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނާއިރު, އެކަން ރިޒާއަށް ސަރީއަތުގެ މަޖިލީހުގައި ސާބިތުކޮށްދެވިފައި ނުވާކަމަށްވެސް ކޯޓް ހުކުމުގައިވެ އެވެ.

އެހެންވެ ކައުންސިލުގެ މެންބަރުކަމުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސާބިތު ނުކުރެވޭފަދަ ހަގީގީ ސަބަބުތަކެއް ހުރެގެން ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށްވެސް ހުކުމުގައި ވެ އެވެ.

ސްލޫކީ މިންގަނޑުތަކާއި ޚިލާފުވެގެން މުހައްމަދު ރިޒާ ވަޒީފާއިން ސަސްޕެންޑްކުރި އިރު، އޭރު އޭނާ އާ ގުޅޭ ޖިނާއީ މައްސަލައެއް ވެސް ފާހަގަވެގެން އެ މައްސަލަ އަތޮޅު ކައުންސިލުން މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިކަމެއް އަދި ސާފެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. މުޙައްމަދު ރިޟާ

    މިމައްސަލަ ހުށަހެޅީ އަޅުގަނޑު، އަޅުގަނޑު މައްސަލަ ހުށަހެޅީ މިގޮތަކަށް ނޫން، މައްސަލަ ހުށަހެޅީ އަޅުގަނޑު 3 މަސްދުވަހަށް ސަސްޕެންޑް ކުރީ ޒާތީ ގޮތުން ކަމަށް ނިންމަވައި ދެއްވުމަށް، ސަސްޕެންޑް ކުރީ ރަގަޅަށްތޯ ނުވަތަ ގޮސްކޮއްތޯ އެއް ނޫން

    ރައްދު
    1. މުހައްމާ

      ކަލޯ އަދިވެސް ޤަބޫލުކޮށްބަލަ.. މައްސަލަ ހުށަހަޅާ ގޮތަކަށް ކޮންމެހެން ގާޒީޔަކަށް ނިންމާކަށް ނުޖެހޭ…
      ގާޒީ އެއޮތީ ނިންމާފަ.. އަލިފް ބާ ވެސް ނޭންގެންޔާ ވާނީ މިހެންދޯ. އަދިވެސް ވާހިދާއި އަންވަރު ބުނާގޮތް ހަދައިގެން އުޅޭތި.
      މައްސަލަ ސްޕްރީމް ކޯޓަށް އަލުން ހުށަހެޅިޔަސް ތިކަމުގަ ދެއްކޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ތިޔަ ކުޑޭ އަތަކު ނެތް..

      ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.