އުރީދޫގެ ހިއްސާ ވިއްކާ އަގުތައް މާދަމާރޭ އާއްމު ކުރަނީ

IPO Launch_2016

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އާއްމުންނަށް ހިއްސާ ވިއްކަން ތައްޔާރުވެއްޖެ އެވެ.

މިއީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏެެވެ. އުރީދޫގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އުރީދޫ މޯލްޑިވްސް އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު ނައިޓްގެ ނަމުގައި މާދަމާ ރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ހާއްސަ ހަފުލާއެއް ވެސް ބާއްވަން ނިންމައި އެ ރަސްމިއްޔާތުގެ ދައުވަތު މިހާރު ވަނީ ފޮނުވައިފަ އެވެ.

“އުރީދޫގެ ކަސްޓަމަރުންނަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ރަސްމިއްޔާތު، ޓީވީއެމް މެދުވެރިކޮށް ރޭގަނޑު 8:30ގައި ބައްލަވާލެއްވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ،” އުރީދޫން މިރޭ ނެރުނު ނޫސްބަޔާނުގައި ވެ އެވެ.

އުރީދޫން ބުނީ މާދަމާ ރޭ އޮންނަ ހަފްލާގައި ހިއްސާ އާންމުކޮށް ވިއްކުމާ ބެހޭ މުހިންމު މައުލޫމާތާއި ކުންފުނީގެ މުހިންމު މާލީ މައުލޫމާތު އަދި ކުންފުނިން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާއި ކުންފުނީގެ ވިޔަފާރިތަކުގެ މައުލޫމާތުތައް އާއްމުކުރާނެ ކަމަށެވެ.

ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވައިލުމުގެ ކުރިން ކުންފުނީގެ މައުލޫމާތާއި ވިއްކާ ހިއްސާގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސް އާއި ގުޅޭ ލިޔުންތައް އެކުންފުނީގެ ވެބްސައިޓްގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.

 

ހިއްސާގެ ބާޒާރާ ބެހޭ ގާނޫނުތައް ބުނާ ގޮތުން ޕްރޮސްޕެކްޓަސް އިއުލާން ކުރުމަށް ފަހު ހިއްސާ ހިއްސާ ވިއްކަން ހުޅުވާލާނީ އޭގެ 14 ދުވަސް ފަހުންނެވެ.

މުޅި އުރީދޫ ގްރޫޕުގައި ވެސް ހިމެނޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން މޮބައިލް ފޯނާއި އެއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން، އިންޓަނެޓުގެ ހިދުމަތް ވެސް ވަނީ ދޭން ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.