މިމަހު 30 ގައި އުރީދޫގެ ހިއްސާ ވިއްކަން ފަށަނީ

126025_3_f86b57e22dfbef82095a1c7a3c85c57e44d7162a_medium

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އާއްމުންނަށް ހިއްސާ ވިއްކަން ތައްޔާރުވެއްޖެ އެވެ.

ގަތަރުގެ އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސް އިއްޔެ އާއްމުކޮށްފަ އެވެ. އެއީ ހިއްސާ ވިއްކަން ފަށަން ކުރަންޖެހޭ ފުރަތަމަ މަސައްކަތެވެ.

އުރީދޫގެ ހިއްސާ ވިއްކުމާ ބެހޭ ގޮތުން އެ ކުންފުނިން ނެރެފައިވާ “ޕްރޮސްޕެކްޓާސް” ގައި ވާގޮތުން، އެ ކުންފުނީގެ 41 ޕަސެންޓް (59،120،160) ހިއްސާ ވިއްކާނީ 30 ރުފިޔާގެ މަގުންނެވެ.

ހިއްސާ ވިއްކައިގެން 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފަ އެވެ. ވަކިވަކި ފަރުދުންގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޕާޓްނަޝިޕް ކޯޕަރޭޓިވް ސޮސައިޓީ އަދި އެސޯސިއޭޓްސްތަކަށްވެސް ހިއްސާ ގަނެވޭ ގޮތަށް ހުޅުވާލާފައި ވާއިރު، މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ.

ޕްރޮސްޕެކްޓަސް އާއްމުކުރުމަށް ފަހު ހިއްސާ ވިއްކަން ފެށުމާ ދެމެދު 14 ދުވަސް ދޭން ޖެހޭތީ، ހިއްސާ ވިއްކާނީ އޭޕްރިލް 30 އިން މޭ 28 އަށް އަށެވެ.

މިއީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏެެވެ. އުރީދޫގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އުރީދޫން ވަނީ ހިއްސާ ވިއްކުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފަ އެވެ.

އުރީދޫން ބުނީ އެ ހަފްލާގައި ހިއްސާ އާންމުކޮށް ވިއްކުމާ ބެހޭ މުހިންމު މައުލޫމާތާއި ކުންފުނީގެ މުހިންމު މާލީ މައުލޫމާތު އަދި ކުންފުނިން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާއި ކުންފުނީގެ ވިޔަފާރިތަކުގެ މައުލޫމާތުތައް އާއްމުކުރާނެ ކަމަށެވެ. މިރޭ 8:30 ބާއްވާ އެ ރަސްމިއްޔާތު ޓީވީއެމު އިން ލައިވް ކުރާނެ އެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އަކީ މުޅި އުރީދޫ ގްރޫޕުގައި ވެސް ހިމެނޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.