ސްރީލަންކާގެ ނަވަލޯކާ ކޮންސްޓަރަކްޝަން ގްރޫޕަށް އޭދަފުށިން 21780 އަކަފޫޓްގެ ބޮޑުބިމެއް ކުއްޔަށްދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.
ނަވަލޯކާ ކުންފުނިން މިއަތޮޅު ވައްކަރުގައި ހަދާ ރިސޯޓް ހެދުމަށް ގެންނަ ބައެއް ތަކެތި ރައްކާ ކުރުމަށް ވަގުތީ ގޮތުން ބިން ދޫކުރަން ނިންމީ ރަށުގެ ހިއްކި ސަރަހައްދުގެ ހުޅަނގު ދެކުނުންނެވެ.
އޭދަފުށީ ކައުންސިލުން ބުނީ، އެ ކުންފުންޏަށް އެ ބިން ދޫކުރަން ކައުންސިލުން ފާސްކުރީ އަކަ ފޫޓަކަށް އެއް ރުފިޔާގެ ރޭޓުން ކަމަށެވެ. ނަވަލޯކާއިން އެ ބިން ހަ މަސް ދުވަހު ބޭނުންކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ރަށު ކައުންސިލުން ބުނީ މިކަމުގެ ސަބަބުން ރައްޔިތުންގެ މާލިއްޔާއަށް ލިބޭ އާމްދަނީ އިތުރުވެ، ރަށަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.