އޭދަފުށީގައި ބޯ ފެނުގެ ނިޒާމު ގާއިމުކުރަން ބަޔާކާ ހަވާލުކޮށްފި

eyd

ބ. އޭދަފުއްޓާއި ތ. ވިލުފުށީގައި ސާފު ބޯ ފެނުގެ ނިޒާމު ގާއިމުކުރުމަށް ސެނޮކް ޓްރޭޑް ކޮމްބައިން އާ މިއަދު ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޓެކްނިކަލް ޖީއޭއެމް ސުމަނަސޭކަރަ އެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. މި މަޝްރޫއު ނިމޭއިރު ބޯ ފެނުގެ ހިދުމަތް ގާއިމުވެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވެނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ހަރަދުކޮށްގެން މި ދެރަށުގައި ކުރިއަށްގެންދާ މި މަޝްރޫއަށް 74 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. މި މަސައްކަތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އޭދަފުށީގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ. މި ރަށުގައި 3500 މީހުން ދިރިއުޅޭއިރު 600 އެއްހާ ގެ ހުރެ އެވެ.

އޭދަފުށީ ފެނުގެ ނިޒާމު ގާއިމުކޮށްދޭން މިއަދު ބަޔަކާ ހަވާލުކުރިއިރު، ތާރު އަޅައިގެން ރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު ވެސް މިހާރު ކުރިއަށް އެބަދެއެވެ. އެހެންވެ ތާރު އެޅުމުގެ މަސްރޫއު ނިމުމުގެ ކުރިން ބޯ ފެނުގެ ނިޒާމު ގާއިމުކޮށް ނިމޭނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.