“ބީއެމްއެލް ވައު ކިޑްސް ރަން” މޭ 12 ގައި

bjk

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓީއެފްޖީ ގުޅިގެން ކުރިއަށް ގެންދާ، “ބީއެމްއެލް ވައު ކިޑްސް ރަން” ދުވުމުގެ ހަރަކާތް އަންނަ މަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

ގައުމީ ބޭންކާއި ޓީއެފްޖީން ތިން އަހަރަށްވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ދުވުމުގެ މި ހަރާކާތް އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. މި ދުވުން އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ.

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދުވުމުގައި 3-9 އަހަރާ ދެމެދުގެ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭނެ އެވެ.

“ބީއެމްއެލް ވައު ކިޑްސް ރަން” ގެ މަގުސަދަކީ ތުއްތު ކުދިންނަށް ރަނގަޅު ކާނާ ކެއުމާއި، ކަސްތަރުގެ މުހިންމުކަން އަންގައި ދިނުމެވެ.hgj-1

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓީއެފްޖީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ މެއި މަހުގެ 12 ވަނަ ދުވަހު ހެނދުނު 7:20 އިން ބީއެމްއެލްގެ ހެޑް އޮފީސް ކުރިމަތިން ފެށުމަށް ނިންމާފައިވާ މި ދުވުން ނިންމާނީ، ރަސްފަންނު ސަރަހައްދަށް ކަމަށެވެ.

މި ހަރަކާތް ނިންމުމުގެ ގޮތުން ރަސްފަންނުގައި ހާއްސަ ހަރަކާތެއް ވެސް ހިންގާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.