މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރ. އަތޮޅުގެ ޗެންޕިއަން އުނގޫފާރާ ދެކޮޅަށް އޭދަފުށި ޓީމު ނުކުންނާނެ އެވެ.
ޒޯން 3 ގެ ހުރިހާ މެެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވާ ޅ. އޮޅުވެލިފުއްޓަށް އޭދަފުށި ފުޓްބޯޅަ ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުުރު އެކެއް ޖަހާއިރު އެވެ.
މިއަދު ހަވީރު އޭދަފުއްޓާއި އުނގޫފާރު ބައްދަލުކުރާ މެޗުގެ ކުރިން “އީޓީ”ން އޭދަފުށި ޓީމުގެ ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ) ގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ބުނީ މެޗާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް މީޑިޔާއަށް ހިއްސާކުރަން ބޭނުން ނުވާކަމަށެވެ.
އޭދަފުށިން ބ. އަތޮޅުގެ ޗެންޕިއަންކަން ހޯދާފައިވަނީ އަތޮޅު ބުރުގައި ދަރަވަންދޫ އާ ބައްދަލުކުރި ދެ މެޗުވެސް ކާމިޔާބުކޮށްގެންނެެވެ.
މި މުބާރާތުގެ ޒޯން 3 ގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޅ.އޮޅުވެލިފުށީގައެވެ.