މުބާރާތުގައި ޔޫތް ސްޕޯޓްސް އިން ބޭނުން ކުރާ ޖޯޒީތައް ދައްކާލައިފި

އެޓޯލް ކިއުޓްގެ ފަރާތުން ޔޫތް ސްޕޯޓްސް އަށް ހަދިޔާ ކުރި ޖޯޒީތައް މީޑިއާ އަށް ދައްކާލަނީ.–ނިޔަމި ފޮޓޯ

ބ. އޭދަފުށީގައި މި މަހުގެ 21 އިން 30 އަށް ބާއްވަން ހަމަޖެހިފައިވާ ވަތަނިއްޔާ ދިވެހި ލީގަށް ކޮލިފައިވުމަށް ކުޅެވޭ ޒޯން 3 ފުޓްބޯޅަ މުބާރާތުގައި ބޭނުން ކުރާ 3 ޖޯޒީ ބައި މީޑިއާ އަށް ދައްކާލައިފި އެވެ.

ރޭ އޭދަފުށީ ޒުވާނުންގެ ކްލަބްގެ އޮފީހުގައި މެނޭޖްމެންޓާއި ކުޅުންތެރިންނަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ޖޯޒީތައް ދައްކާލާފައި ވަނީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

މި އަހަރު ޔޫތުން ބޭނުން ކުރާ 3 ޖޯޒީގެ ކުލަތަކަކީ މަޑު ނޫ، ރީނދޫ، އަދި ފެއްސެވެ. މީގެ ތެރެއިން މަޑު ނޫ ޖޯޒީ ބައި ހަދިޔާ ކޮށްފައި ވަނީ އެޓޯލް ކިއުޓުން ކަމަށް ޔޫތުން ބުންޏެވެ. އަދި ރީނދޫ ޖޯޒީ ހަދިޔާ ކޮށްފައި ވަނީ އަމިއްލަ ފަރާތަކުން ކަމަށް ވެ އެވެ.

ރޭގެ ބައްދަލުވުމުގައި ޖޯޒީތައް ދައްކާލުމުގެ ކުރިން މެނޭޖްމެންޓާއި ކުޅުންތެރިންނަށް ބޭއްވި މި ބައްދަލުވުމުގައި ޓީމްގެ ކެޕްޓަނާއި ވައިސް ކެޕްޓަން ވެސް ވަނީ އިޢްލާން ކޮށްފަ އެވެ. އެ ގޮތުން ކެޕްޓަން ބޭންޑް މިދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރު ވެސް ހަވާލު ކޮށްފައި ވަނީ ތަޖުރިބާކާރު ކުޅުންތެރިއާ، އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އާ އެވެ. ވައިސް ކެޕްޓަންކަން އިތުބާރު ޑިފެންޑަރ ނާޒިމް އަބްދުލްބާރީ (ނާޑި) އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.