ޗެންޕިއަނުން މޮޅުވިޔަ ނުދީ އުނގޫފާރުން ހިފަހައްޓައިފި

މިއަދު ހަވީރު އޭދަފުއްޓާއި އުނގޫފާރު ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އީވީ
މިއަދު ހަވީރު އޭދަފުއްޓާއި އުނގޫފާރު ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އީވީ

މިހާރު ޅ.އޮޅުވެލިފުށީގައި ފެށިގެން ކުރިޔަށްދާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ރ.އުނގޫފާރާ ޗެންޕިއަން އޭދަފުށި ބައްދަލުކުރި ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އޮޅުވެލިފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އޭދަފުށި ފުޓްބޯޅަ ޓީމުންނެވެ. އޭދަފުށީ ޓީމުގެ ޝީފާހް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އަލީ ޒުބައިރެވެ. ފުރަތަމަ ހާފުގައި 2 ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ބެލުމަށްޓަކައި އުނގޫފާރުގެ ގިނަ އަދަދެެއްގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ދިޔަ އިރު އޭދަފުށި ޓީމަށް ސަޕޯޓް ކުރުމަށް ގޮސްފައިވަނީ މަދު ބަޔެކެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

އުނގޫފާރުން މި މެޗްގެ ނަތިޖާ ހަމަހަމަ ކުރީ އެޓީމުން އުފެއްދި ކައުންޓަރ އެޓޭކްގައި އެޓީމުގެ ޖާޒީ ނަންބަރ 16 ހުސައިން ރިމާޒް އެވެ. އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު މަޑުވުމުގެ ސަބަބުން 2 ޓީމަށްވެސް ވަނީ ރަގަނޅު ކުޅުމެއް ކުޅުމަށް އުނދަގޫވެފައެވެ.

މި މުބާރާތުގެ ޒޯން 3 ގެ ބުރުގައި އޭދަފުށި ޓީމް ދެން ކުޅޭ މެޗްގައި ބައްދަލުކުރާނީ މުބާރާތް ކުރިޔަށްގެންދާ ރަށް ކަމަށްވާ އޮޅުވެލިފުއްޓާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.