63 ވަނަ ރެޑީ ކޭމްޕް އޭދަފުށީގައި ފަށައިފި

ފުލުހުން ކުރިން ތިނަދޫގައި ކުރިއަށްގެނދިޔަ ރެޑީ ކޭމްޕްގެ ތެރެއިން. 63 ވަނަ ރެޑި ކޭމްޕް މިއަދު ވަނީ އޭދަފުށީގައި ފަށާފައި. ފޮޓޯ / ޕޮލިސް
ފުލުހުން ކުރިން ތިނަދޫގައި ކުރިއަށްގެނދިޔަ ރެޑީ ކޭމްޕްގެ ތެރެއިން. 63 ވަނަ ރެޑި ކޭމްޕް މިއަދު ވަނީ އޭދަފުށީގައި ފަށާފައި. ފޮޓޯ / ޕޮލިސް

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގާ ރެޑީ ކޭމްޕުގެ ސިލްސިލާގެ ތެރެއިން 63 ވަނަ ކޭމްޕް ބ. އޭދަފުށީގައި ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޭމްޕުގައި އެ ސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރާ 93 ދަރިވަރުން ބައިވެރިވެ އެވެ.

ފުލުހުން ބުނިގޮތުގައި މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ އެވެ.

އެގޮތުން ޖިނާއީ ކުށްތަކުން ދުރުވެ، ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާއި ކުށުގެ ނުރައްކަލުން ދުރުވެ ތިބޭނެ ގޮތްތައް މި ކޭމްޕުގައި ކިޔައިދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރި ކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންތައްތައް ވެސް ކިޔައިދޭނެ އެވެ.

މި ކޭމްޕު ކުރިއަށް ގެންދިޔުމުގައި ބ. އޭދަފުށީ ކައުންސިލާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި އޭދަފުށީގައި ހުރި އެކިއެކި މުއައްސަސާތަކުންނާއި ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.