ޑައުން ޓައުން ގްރޫޕު ޖަމިއްޔާ އެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި

:ކްލަބް ޑައުން ޓައުންގެ މެންބަރުން-- ފޮޓޯ ރާއިފް ޔޫސުފް/އީޓީ
:ކްލަބް ޑައުން ޓައުންގެ މެންބަރުން– ފޮޓޯ ރާއިފް ޔޫސުފް/އީޓީ

ކްލަބް ޑައުންޓައުންގެ ނަމުގައި މުޅިން އާ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ.

ކުރިން ޑައުން ޓައުން ގްރޫޕުގެ ނަމުގައި ހަރަކާތްތެރިވަމުން އައި އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން ގްރޫޕުން “ކްލަބް ޑައުން ޓައުން”ގެ ނަމުގައި ޖަމިއްޔާ ރަސްމީކޮށް އިފްތިތާހުކުރީ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ވަނީ މީހުން އިންތިހާބުކޮށްފަ އެވެ.

އެ ޖަމިއްޔާގެ ރައީސަކަށް އިސްމާއިލް ހަސީބު އިންތިހާބުވިއިރު، ނައިބް ރައީސަކަށް އިންތިހާބުވީ ޖިނާނު ހަމީދު އެވެ. ހަޒާންދާރުގެ މަގާމަށް އަހްމަދު ޝިއާން އިންތިހާބުވިއިރު ސެކްރެޓަރީ އަކަށް ހޮވުނީ އަހްމަދު ތަސްނީފު އެވެ. އަދި އިންތިޒާމު ސެކްރެޓަރީ އަކަށް ހޮވުނީ އަލީ އަޝްރާގު އެވެ.

ކްލަބް ޑައުންޓައުންގެ އިސްމަގާމުތަކަށް އިންތިހާބުވި މެންބަރުން. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ
ކްލަބް ޑައުންޓައުންގެ އިސްމަގާމުތަކަށް އިންތިހާބުވި މެންބަރުން. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ

ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ޖަމިއްޔާގެ 35 މެންބަރަކު ބައިވެރިވެ ވޯޓްދީފައިވެ އެވެ.

މީގެ ހައެއްކަ އަހަރުކުރިން އޭދަފުށީގައި އުފެދުނު ޑައުންޓައުން ގްރޫޕުން އަތޮޅުގައި މުހިއްމު މުނާސަބަތުތައް ފާހަގަކުރުމަށާއި ރިސޯޓްތަކުގައި ދަނީ ބޮޑު ބެރު ޝޯތައް ދެމުންނެވެ. އަދި އިޖްތިމާއީ ހަރަކާތްތަކުގައިވެސް ޑައުންޓައުން ދަނީ ފާހަގަކުރެވޭ ދައުރެއް އަދާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.