ޒައިދުގެ ކެމްޕޭން ޖަހަގަ ހުޅުވައިފި

ޒައިދުގެ ކެމްޕެއިން ޖަގަހަ އަބްދުލް ހާރިސް ހަސަން ހުޅުވާދެއްވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޒައިދުގެ ކެމްޕެއިން ޖަގަހަ އަބްދުލް ހާރިސް ހުސައިން ހުޅުވައިދެއްވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަންނަ މަހު 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިނތިހާބުގައި އަމިއްލަ ގޮތުން އޭދަފުށީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ޒައިދު އަލީގެ ކެމްޕޭން ޖަހަ މިރޭ ހުޅުވައިފި އެވެ.

މި ރަށު ސަން ޝައިން ގޭގައި މިރޭ މި ޖަގަހަ ހުޅުވައިދެއްވީ މިރަށު ހަނދުވަރު އަބްދުލް ހާރިސް ހަސަން އެވެ.

ޒައިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޒައިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޑައުންޓައުން ބޮޑުބެރު ގްރޫޕުގެ ބޮޑު ބެރުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ ޒައިދު ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ޒައިދުގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާއި އަދި ޒުވާނުން ބައިވެރިވި އެވެ.

ޒައިދުގެ ކެމްޕޭން ޓީމުން ބުނީ، ޖަގަހަ ހުޅުވި، އެ ތަނުގައި މަސައްކަތްތައް ފެށުމުން ކެމްޕޭންގެ ހަރަކާތްތައް ވަރަށް ފޯރިއާ ޖޯޝާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޕީއެސް ކުޅުމާއި ހިލޭ ކޮފީ ބުއިންފަދަ ކަންތައްތައްވެސް ޖަގަހައިގައި ކުރިއަށްދާނެ ކަމަށް ޒައިދު ކެމްޕޭން ޓީމުން ބުންޏެވެ.

ޒައިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޒައިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަންނަ ލޯކްލަ ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށް 12 މީހަކު ވާދަކުރެ އެވެ. އޭގެ ތެރެއިން ޒައިދަކީ ކެމްޕޭން ޖަގަހަ ހުޅުވި ފުރަތަމަ ކެންޑިޑޭޓެވެ. ޒައިދުގެ ކެންޑިޑޭޓް ނަންބަރަކީ 5 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.