ރައީސް ޔާމީންގެ ދަތުރުފުޅު އަނެއްކާވެސް ފަސްކުރައްވައިފި

އޭދަފުށި ބިންހިކަން ފެށުމުގެ ރަސްމީޔާތުގައި ރައީސް ޔާމިން ވާހަހަފުޅު ދައްކަވަނީ | އީޓީ ފައިލް ފޮޓޯ
އޭދަފުށި ބިންހިކަން ފެށުމުގެ ރަސްމީޔާތުގައި ރައީސް ޔާމިން ވާހަހަފުޅު ދައްކަވަނީ | އީޓީ ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ރ. އަދި ބ. އަތޮޅަށް މި ހަފުތާގައި ކުރައްވަން ނިންމެވި ދަތުރުފުޅު އަނެއްކާވެސް ފަސްކުރައްވައިފި އެވެ. މިއީ ރައީސްގެ މިދަތުރުފުޅު ފަސްކުރެއްވި ދެވަނަ ފަހަރެވެ.

ކުރިން ހަމަޖައްސާފައި އޮތް ޝެޑިއުލްގައި ވާ ގޮތުން ރައީސް ފުރަތަމަ ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ މިމަހު 18 ގައެވެ. ނަމަވެސް ދަތުރުފުޅުގެ ޝެޑިއުލް އަށް އައި ބަދަލާއެކު އެމަނިކުފާނު ދެން މިއަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހު އެވެ.

ނަމަވެސް އަނެއްކާވެސް ދަތުރުފު ފަސްކުރެއްވުމާ ގުޅިގެން މިއަތޮޅަށް ވަޑައިގަންނަވާނެ ތާރީޚެއް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ.

އެކަމަކު ދަތުރުފުޅުގެ ޝެޑިއުލް އަށް އައި ބަދަލާއެކު ރައީސްގެ ދަތުރުފުޅު ފަސްކުރެއްވި ކަން ރައީސް އޮފީހުން މިއަދު ވަނީ މިރަށު ކައުންސިލަށްވެސް އަންގައިފަ އެވެ.

އެނގިފައިވާ ގޮތުގައި ދެން ރައީސްގެ ދަތުރުފުޅުތައް ކުރިއަށްގެންދާނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތައް މި ދެއަތޮޅުގައި ވެސް ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފަ އެވެ.
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މިރަށުގައި ވަރަށް ގިނަ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ. އެމަނިކުފާނު ވަޑައިގަންނަވާތީ، މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ރަށުގެ ބަނދަރު ސަރަހައްދު އަންނަނީ ވަރަށްބޮޑަށް ޒީނަތްތެރި ކުރަމުންނެވެ.

ރައީސްގެ ދަތުރުފުޅަށް އޭދަފުށި ޒީނަތްތެރިކޮށްފައި. މި ދަތުރުފުޅުވަނީ އަނެއްކާވެސް ފަސްކޮށްފައި: | އީޓީ ފޮޓޯ:އަބްދުﷲ އަޝްރަފް
ރައީސްގެ ދަތުރުފުޅަށް އޭދަފުށި ޒީނަތްތެރިކޮށްފައި. މި ދަތުރުފުޅުވަނީ އަނެއްކާވެސް ފަސްކޮށްފައި: | އީޓީ ފޮޓޯ:އަބްދުﷲ އަޝްރަފް

ރައީސްގެ މި ދަތުރުފުޅަކީ ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މިއަތޮޅު ތުޅާދޫއަށްވެސް ވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފައެެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.