އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފޮޓޯ/މިހާރު
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އަލީ ހުސެއިން “މިހާރު” އަށް ވިދާޅުވެފައިވާ ގޮތުގައި ފުލުސް އޮފީހުން އޭނާ އަށް މިއަދު ގުޅައި، ތަހުގީގު ކުރާ މައްސަލައަކަށް ފުލުހަށް ހާޒިރުވާން އެންގި އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ފުލުސް އޮފީހުން ނާންގާ ކަމަށް އޭނާ މީހާނު ނޫހަށް ވިދާޅުވެފައި ވެއެވެ. ”

އެކަމަކު އަޅުގަނޑު މިހާރު މިހުރީ ރަށުން ބޭރުގައި. އެހެންވީމާ މާލެ ގޮސް ފުލުސް އޮފީހަށް ދެން ދެވޭނީ،” އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

ފުލުހުންނާ ގުޅޭގޮތުން ކުރި ޓްވީޓާ ގުޅިގެން މީގެ ކުރިން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 22 ގައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނުހައްގުން ފުލުހަކު މީހަކު ގައިގައި އަތްލައިފި ނަމަ، ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު އެ މީހަކަށް އޮންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.