މާޅޮހުގައި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފި

ބ. މާޅޮހުގައި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މާޅޮހު އޮފީހުން އިސްނަގައިގެން މާޅޮހު މަދުރަސާއާ ގުޅިގެން މިދިޔަ ބްރާސްފަތި ދުވަހާއި ހުކުރު ދުވަހު އޮތް މި ޕްރޮގްރާމުގައި ދީނީ ނަސޭޙަތް ދެއްވީ އައްޝައިޚު ނަސްރުﷲ މުސްތަފާ އެވެ.

ބްރާސްފަތި ދުވަހު ހަވީރު މާޅޮހު މަދުރަސާގައި އޮތް ނަސޭޙަތް ދިނުމުގައި ރަށުގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވި ކަމަށް މާޅޮހު ކައުންސިލަރ ޢަބްދުލްމަތީން ސާލިޙު ވިދާޅުވި އެވެ. އަދި ބައިވެރިން ކުރި ގިނަ ސުވާލުތަކަކަށް ޝައިޚު ޖަވާބު ދެއްވި އެވެ.

އަދި ހުކުރު ދުވަހުގެ ފަތިސް ނަމާދާއި ހުކުރު ނަމާދު އިމާމުވެ ކުރައްވާ ހުކުރު ޚުތުބާ ވިދާޅުވީ ވެސް ޝެއިޚު ނަސްރުﷲ ކަމުގައި މަތީން ވިދާޅުވި އެވެ.

މަތީން އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ފަދަ ދީނީ ގިނަ ކަންތައް ރޭވިގެން ކުރިއަށް ދާނެ ކަމަށާއި މީގާ ދިމާވާ މައްސަލަ އަކީ ދީނީ ނަސޭޙަތް ދޭނެ ބޭފުޅުން ގެނައުމުގައި ދަތި ތަކެއް ދިމާވާ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުން ކޮންމެ މަހަކު ވެސް ރައްޔިތުންނަށް ދީނީ ނަސޭޙަތް ދޭން. އެކަމަކު ވެސް އެ ފަދަ ބޭފުޅުން މި ޖެހެނީ މާލޭން ގެންނަން. ގިނަ ފަހަރަށް އަޅުގަނޑުމެން ބޭނުންވާ ދުވަހަކަށް އެ ބޭފުޅުންނަކަށް ނާދެވޭ. އަނެއްކާ ދަތުރުފަތުރުގެ ކަންތައް ވެސް އެހާ ފަސޭހައެއް ނޫން. އަސްލު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ދަތުރުފަތުރުގެ ކަންތައް،” މަތީން ވިދާޅުވި އެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން މާޅޮހު ރައްޔިތަކު ބުނީ “މިއީ މިހާރު ވެސް ކުރަން ލަސްވެއްޖެ ކަމެއް” ކަމަށާއި “މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގައިގެން ނޫނީ ރަށުގަ އާއި މުޖުތަމަޢުގައި އުފެދިގެން މިއުޅޭ ބައިބައިވުންތަކާއި ހަމަ ނުޖެހުންތަކަށް ހޭލުންތެރި ކުރެވޭނީ ވެސް ދީނީ ގޮތުން މީހުން ހޭލުންތެރި ކުރިވިގެން” ކަމަށެވެ.

— މުހައްމަދު އަފްރާހް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.