ފޭލި ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ފޭލިން ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ-- ފައިލް ފޮޓޯ
ފޭލިން ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ– ފައިލް ފޮޓޯ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯދަމަހު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށް ދާނީ ހަތް އުމުރު ފުރައަކަށް ބަހާލައިގެނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރައިގެ އިތުނެން 19 އަހަރުން މަތީގެ އުމުރުފުރަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އަންނަ މަހު 15 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ފޭލިން ޖަމިއްޔާއިން ބުނި ގޮތުގައި ބައިވެރިން ދަސްކުރަން ޖެހޭ ބައިތައް އަދި މުބާރާތުގެ ގަވައިދު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ މި މުބާރާތް ބާއްވާ 15 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.