ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލަނީ

އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން
އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން

 

ބ. އޭދަފުށީ އިންޖީނު ގޭގެ އިންޖީނަކަށް މައްސަލައެއް ދިމާވެގެން، އެ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑާލަމުން ގެންދާނެކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ދޭތެރެ ދޭތެރެ އިން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަމުން ދާނެ ކަމަށެވެ. އަދި މަތީ ލޯޑް ނަގާ ތަކެތި މި ދަނޑިވަޅުގައި ބޭނުން ކުރެއްވުން ވީހާ މަދު ކުރެއްވުމަށްވެސް ކައުންސިލު އިދާރާއިން އެދެއެވެ.

އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން ރެ އިން ފެށިގެން މިރަށުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓް ކަނޑާލަމުންނެވެ. އޭދަފުށީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ އިންޖީނަށްދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ޓެކްނީޝަނުން މިހާރުވެސް ވަރަށްބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް މުޅިރަށަށް ކަރަންޓް ދެވޭނެ ކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރަމުންގެންދާ ތިން ޖަނަރޭޓަރުގެ ތެރެއިން250 ކިލޯވޮޓް ގެ ޖަނަރޭޓަށް އިއްޔެ މައްސަލަޖެހިގެން މިހާރު ގެންދަނީ އެ އިންޖީނު އޯވަހޯލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.