ފޮޓޯ ސްޓޯރީ: ދަރިވަރުންގެ ކެއްކުމުގެ މުބާރާތް

ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން
ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި 5 ގެ ކުދިންގެ މެދުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތް އިއްޔެ އެ ސްކޫލްގައި ބާއްވައިފި އެވެ.

މި މުބާރާތް މިއަހަރުވެސް ކުރިއަށްގެންދިޔައި ޝެފް ގިލް އޮފް މޯލްޑިވްސް (ސީޖީއެމް) އާއި ސޮނެވާފުށި ރިސޯޓް ގުޅިގެންނެވެ.

2012 ވަނަ އަހަރު ކުރިން ފެށިގެން “ބޮޑު ކައްކާގެ” ގެ ނަމުގައި ބާއްވަމުން އަންނަ މި މުބާރާތަކީ ކެއްކުމުގެ ފަންނު ކުދިންގެ ހިތުގައި ޝައުގުވެރިކުރުވުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއް ކަމަށް ތައުލީމީ މަރުކަޒުން ބުނެ އެވެ.

18157041_458298351177144_1620259407123486657_n

މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދަނީ ސޮނޭވާފުށީ ރިސޯޓާއި އެ ރިސޯޓުގެ ޝޫ ޝެފް އަބްދުﷲ ސޮބާހު އަދި ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުމަކާ އެކުގަ އެވެ. މުބާރާތުގައި ފަނޑިޔާރުންގެ ކަންތައް އިންތިޒާމުކޮށްދިނުމާއި ދަރިވަރުން ތައްޔާރުކުރާ ކެއްކުމަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް ފޯރުކޮށްދެނީ ސޮނެވާފުށީ ރިސޯޓުންނެވެ.

ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން
ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން

ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މުބާރާތުގެ ޖަޖުކަން ކޮށްދީފައިވަނީ އެގެޒެކްޓިވް ޝެފުންގެ ޓީމަކުންނެވެ.

18199220_458301147843531_4098231531770608466_n

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި މުބާރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުގެ ގޮތުން މިއަހަރު ފަހުކޮޅު އެ ސްކޫލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

18199356_458300887843557_8166762394755042057_n

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.