ފުރަތަމަ ކުއާޓާގައި ދިރާގަށް 244 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެެއް

dhi

ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 244 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން މިއަދު ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 ޕަސެންޓް އިތުރުވެފަ އެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 644 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފައިދާ 30 ޕަސެންޓް އިތުރުވެފައިވާ އިރު، ދިރާގުން ފުރަތަމަ ތިންމަސް ދުވަހު މުހިންމު ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދިރާގުގެ ފޯޖީ ނެޓްވޯކް އާބާދީގެ 70 ޕަސެންޓަށް ވުރެ އިތުރުކޮށްފައިވާ އިރު، ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް އިތުރު 17 ރަށެއްގައި ވަނީ ގާއިމްކޮށް ރާއްޖޭގައި އެންމެ ހަލުވި ބްރޯޑްބޭންޑް އެކްސްޕީރިއަންސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު އިންވެސްޓް ކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދިރާގުން ތައާރަފް ކުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި ސްމާޓް އެގްޒެކްޓިވް ޕެކޭޖުގެ ނަމުގައި ރާއްޖޭގައި ދޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާއެކު ހުސްނުވާ ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފަ އެވެ. އަދި ދިރާގަށް އަލަށް ގުޅޭ ކޮންމެ ޕޯސްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ދެ ޖީބީ ޑޭޓާ އަދި ބިލަށް 25 ޕަސެންޓް ޑިސްކައުންޓާއެކު، ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް އެއް ޖީބީ ހިލޭ ވަނީ ދީފަ އެވެ.

މީގެ އިތުރުން އެ ކުންފުނިން ނެރުނު އާ ޕްލޭންތަކާއި ޑޭޓާ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާ އާއި ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިދިޔަ އަހަރު ނިމުނުއިރު ދިރާގަށް ވަނީ ރެކޯޑު އާމްދަނީއެއް ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.