އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކަން ފަށައިފި

image01

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އުރީދޫން ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ވަނީ، އުރީދޫ މޯލްޑިވްސްގެ ދޫކޮށްފައިވާ ޙިއްޞާގެ 40 އިންސައްތަ އާއި ހަމައަށް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މީގެ 11 އަހަރު ކުރިން ރާއްޖޭގައި ޚިދުމަތް ދޭން ފެށި ގަތަރު ޓެލެކޮމް ކުންފުނީގެ ރާއްޖޭގެ ވިޔަފާރިން ވިއްކަން ނިންމީ ހިއްސާއެއް 30ރ.ގެ މަގުން 59.1 މިލިއަން ހިއްސާ އެވެ. އެއަދަށް ވިކިއްޖެ ނަމަ 1.7 ބިލިއަން ރުފިޔާ ހޯދޭނެ އެވެ. އެކަމަކު ފުރަތަމަ ވިއްކަން ހުޅުވާލީ އާއްމު ހިއްސާގެ 15 ޕަސެންޓަށްވާ 22 މިލިއަން ހިއްސާ އެވެ.

އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ވެބްސައިޓް http://ooredoo.mv/investors ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) މެދުވެރިކޮށް ޑެޕްސިޓަރީ އެކައުންޓް ހުޅުވައި ހިއްސާ ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން، ހިއްސާ ވިއްކުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ. މީގެތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނަރ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަކުންވެސް ހިއްސާ ގަންނަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިގޮތުން، ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގެ، އެނެކްޝާ-ސީ ގައި ހިމެނިފައި ވާނެއެވެ. ޕްރޮސްޕެކްޓަސް އާއި، އެޕްލިކޭޝަން ފޯމުގެ އިތުރުން އައިޕީއޯ އާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އޮންލައިންކޮށް ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭ 28ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.