އެސްޓީއޯ އިން އޭދަފުށީގައި ގޭސް ވިއްކުން ހުއްޓާލައިފި

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް. އެ ފިހާރައިން މިއަދު ވަނީ އޭދަފުއްޓަށް ގޭސް ވިއްކަން ފަށާފައި-- އީޓީ ފޮޓޯ
އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް. އެތަނުން ގޭސް ވިއްކުން އިއްޔެއިން ފެށީގެންވަނީ ހުއްޓާލައިފައި– އީޓީ ފޮޓޯ

އެސްޓީއޯއިން އޭދަފުށީގައި ވިއްކަމުންދިޔަ މޯލްޑިވް ގޭސް ވިއްކުން ހުއްޓާލައިފި އެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިއްޔެ އިން ފެށިގެން އޭދަފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައިން ވިއްކަމުންދިޔަ މޯލްޑިވް ގޭސް ވިއްކުން ހުއްޓާލަން ނިންމާލާފައިވާ ކަމަށެވެ.

ނަމަވެސް މޯލްޑިވް ގޭހުގެ އެޖެންޓެއް މެދުވެރިކޮށް އޭދަފުށިން ގޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

“ނަމަވެސް މޯލްޑިވް ގޭސް އިން އޭޖެންޓެއް (ކިރިލި ފިހާރަ) މެދުވެރިކޮށް މި ރަށުގައި ގޭސް ވިއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވިން،”

އެސްޓީއޯގެ އޭދަފުށީ ފިހާރައިން މޯލްޑިވް ގޭސް ވިއްކަން ފަށާފައިވަނީ 2015 ވަނަ އަހަރު ކުރީކޮޅު އެވެ. ގޭސް ވިއްކާތާ ދެއަހަރެއްހާ ފަހުން ގޭސް ވިއްކުން ހުއްޓާލަން ޖެހުނު ސަބަބެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މޯލްޑިވް ގޭހުގެ އޭދަފުށީ އެޖެންޓް ކިރިލި ފިހާރައިން ބުނީ އެސްޓީއޯއިން ވިއްކި އަގަށް އެތަނުން ގޭސް ލިބެން ހުންނާނެކަމަށެވެ. އެއީ ދިހަ ކިލޯގެ ފުޅިއެއް 255 ރުފިޔާއަށެވެ.

BR-ADD

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.