ބ. އަތޮޅުގައި ގެސްޓްހައުސް ފޯރަމެއް ބާއްވަނީ

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ގެންސްޓް ހައުސް ފޯރަމުގައި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ސްޓޯލުން މައުލޫމާތުދެނީ
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ގެންސްޓް ހައުސް ފޯރަމުގައި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ސްޓޯލުން މައުލޫމާތުދެނީ

ބ. އަތޮޅުގައި ހިންގާ ގެސްޓްހައުސް ތަކަށް އަމާޒުކޮށްގެން ފޯރަމެއް އޭދަފުށީގައި ބާއްވަން، ބަޔޮސްފިއާ ރިޒާވް އޮފީހުން ނިންމައިފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ އަލީ މިއަދު “އީޓީ” އަށް ވިދާޅުވީ މި ފޯރަމުގައި ބ. އަތޮޅުގައި ހިންގާ ގެސްޓް ހައުސްތަކުގެ އިތުރުން އަލަށް ހުޅިވި ރިސޯޓް ތަކުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީ އަދި މިއަތޮޅު ބައެއް ރިސޯޓްތަކުގެ މެރިން ބަޔޮލޮޖިސްޓުން ވެސް ބައިވެރިވާނެ ކަމަށެވެ.

“މި ފޯރަމް ބޭއްވުމުގެ ބޭނުމަކީ، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްއާ ބެހޭ ގޮތުން ގެސްޓް ހައުސްތަކުގެ އިސް ފަރާތްތަކާއެކު ހިޔާލު ބަދަލުކޮށް ގުޅުން ބަދަހިކުރުން. މިއީ ގެސްޓް ހައުސްތަކާ އެކު މިފަދަ ފޯރަމެއް ބާއްވާ ފުރަތަމަ ފަހަރު،” އޭނާ ވިދާޅުވި އެވެ.

ޝާފީ ވިދާޅުވީ ބ. އަތޮޅު ގެސްޓްހައުސް ފޯރަމް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

އަދި މި ފޯރަމްގެ ކާމިޔާބީއަށް ބަލައި އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ ފޯރަމެއް ބާއްވަން ވިސްނަމުންދާ ކަމަށް ވެސް ޝާފީ ވިދާޅުވި އެވެ.

ބ. އަތޮޅުގައި މިހާރު ގިނަ އަދަދެއްގެ ގެސްޓަހައުސް ހިންގަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.