ޕީޕީއެމް ކެމްޕޭން ޖަލްސާއަށް މިނިސްޓަރު ތޯރިގު އޭދަފުއްޓަށް

މިނިސްޓަރު ތޯރިގު މިއަދު ކަމަދޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
މިނިސްޓަރު ތޯރިގު މިއަދު ކަމަދޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ ހާއްސަ ޖަލްސާ އެއް މިރޭ އޮންނާނެ އެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވަނީ ބ. އަތޮޅަށް ވަޑައިގެންފަ އެވެ.

މިނިސްޓަރު ތޯރިގު ރޭ ވަނީ ދަރަވަންދޫގައި އޮތް ޕީޕީއެމް ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ބައިވެރިވަޑައިގެންފަ އެވެ.  މިނިސްޓަރު މިހާރު ގެންދަވަނީ ބ. އަތޮޅުގެ އުތުރުބިތުގެ ރަށްރަށުގައި ތިބި ޕީޕީއެމުގެ ކެންޑިޑޭޓުންނާ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ.

އޭދަފުށީގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި ހއ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަންނަވާނެ އެވެ.

އޭދަފުށީ ދެކުނު ފަރާތު ހިއްކި ސަރަހައްދުގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 8:45 ގަ އެވެ.

BR-ADD

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.