ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަންގަވައިގެން، ކޮންމެ ހަފްތާއަކު މެކްބުކް ޕްރޯއެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ، އިއްޔެއިން ފެށިގެން މިމަހު ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދީ ފުރަތަމަ 2 މަހުގެ މަހުފީން 25% ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށެވެ.
“މީގެ އިތުރުން ކޮންމެ ހަފުތާއެކު ނަސީބުވެރި ކޮންމެވެސް އެއްފަރާތަކަށް މެކްބުކް ޕްރޯ އެއް ލިބިގެން ދާނެ،”
ދިރާގުން ބުނި ގޮތުގައި މިއީ ދިރާގުން ކަސްޓަމަރުންނަށް ކުރިއަށް އޮތް ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި ކުރިޔަށް އޮތްތަނުގައި ރޯދަމަހާއި ގުޅިގެން އިތުރު ޕްރޮމޯޝަން ތައް ކަސްޓަމަރުންނަށް ދިނުމަށް ރާވާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.