އެއް މެގަވޮޓްގެ ޖެނެރޭޓަރެއް އޭދަފުއްޓަށް ގެންނަނީ

ރޭ އޭދަފުށީގައި އޮތް ޕީޕީއެމް ބޮޑު ޖަލްސާގައި އެންވަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޭ އޭދަފުށީގައި އޮތް ޕީޕީއެމް ބޮޑު ޖަލްސާގައި އެންވަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް، މާލަސްތަކެއްނުވެ މިރަށަށް އެއް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް ދޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ އޭދަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، އަންނަ ޖޫންމަހުގެ ފަހުކޮޅު އޭދަފުއްތަށް އެއް މެގަވޯޓް ޖެނެރޭޓަރެއް ގެނެސް އިންސްޓޯލް ކޮށްދޭނެ ކަމަށެވެ.

ފަހަކަށް އައިސް މިރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިއާދަ ކުރުމުގެ މަޝްރޫއުތައް މިއަތޮޅުގައިވެސް ހިނގަމުންދާ ކަމަށެވެ. އެގޮތުން އޭދަފުށީގައިވެސް އެކަމަށް ބޭނުންވާ ހުރިހާ ދިރާސާތަކެއް ކޮށްނިމި، މިހާރު ކުރިއަށްދަނީ ޓެންޑާ ހެދުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭ އޭދަފުށީގައި ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޭ އޭދަފުށީގައި ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

“އިރާދުކުރެއްވިއްޔާ މިރަށުގައި ދުވާލު ގަޑީގައި ބޭނުންވާ 30 ޕަސެންޓް އިއާދަކުރުވަނިވި ހަކަތަވެސް މިއަހަރުގެ ތެރޭގައި ޓެންޑާކޮށް މިއަހަރު ފަހުކޮޅު މަސައްކަތް ފެށޭތޯ މިބަލަނީ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިރަށުގެ ބޯފެނުގެ މަޝްރޫއުގެ މަސައްކަތްވެސް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ކޮންޓްރެކްޓަރު މިރަށަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

ރޭ އޭދަފުށީގައި ޕީޕީއެމް އިން ބެއްވި ބޮޑު ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޭ އޭދަފުށީގައި ޕީޕީއެމް އިން ބެއްވި ބޮޑު ޖަލްސާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރޭގެ ޖަލްސާގައި މިނިސްޓަރު ތޯރިގުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދިލްގެ އިތުރުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އާއި ބާރަު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ބައިވެރިވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.