އޭދަފުށީގައި އުރީދޫގެ ހިއްސާއާ ގުޅޭ މައުލޫމާތު ދީފި

އުރީދޫގެ ހިއްސާއާ ގުޅޭ މައުލޫމާތު މިއަދު ހަވީރު އޭޢދަފުށީގައި ދެނީ
އުރީދޫގެ ހިއްސާއާ ގުޅޭ މައުލޫމާތު މިއަދު ހަވީރު އޭޢދަފުށީގައި ދެނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ގުޅުންހުރި މައުލޫމާތުދީ، އެ ކުންފުނީގެ ހިއްސާ މިއަދު އޭދަފުށީގައި ވިއްކަން ފަށައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިއަދު ހަވީރު ބޭއްވި މައުލޫމާތުދިނުމުގެ ސެޝަންގައި އުރީދޫ މޯލްޑިވްސްގެ ވިޔަފާރީގެ ކުރިއެރުމާއި، ކުރިއަށް ޕްލޭންކުރެވިފައި ހުރި ކަންތައްތަކުގެ އިތުރުން މިހާރު ކުރިއަށްދާ އައިޕީއޯއާއި ބެހޭ މުޙިއްމު މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ.

އުރީދޫން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އުރީދޫން ދޫކޮށްފައިވާ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތު މިދިޔަ މަހުގެ 28 އިން ފެށިގެން ހުޅުވާލައިފަ އެވެ.

އުރީދޫން ހިއްސާއަކަށް 30ރ. ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓެވެ. އެއީ 22,170,060 ހިއްސާ އެވެ. ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށްވުރެ ގިނަ ހިއްސާ ގަންނަން ހުށަހަޅައިފި ނަމަ، ގިނަވެގެން 40 ޕަސެންޓް ވިއްކާނެ އެވެ. އެއީ 59,120,160 އާންމު ހިއްސާ އެވެ.

އެ ކުންފުނިން ބުނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އަށް ޒިޔާރަތްކޮށްގެން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން، ކޮންމެ ވަގުތަކު ވެސް، ފަސޭހަކަމާއެކު ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެ ކަމަށެވެ.

އުރީދޫން ބުނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ހިއްސާ ވިއްކާ އެންމެ ފަހު ދުވަހަކީ މިމަހުގެ 28 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.