ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ބ. ކެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިންގާ އަޅައިފި އެވެ.
ކެންދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ރަށުގައި ގާއިމްކުރަން ނިންމާފައިވާ ފުޓްސެލް ދަނޑުގެ ބިންގާ އަޅުއްވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމު އެވެ،
އެރަށު ފުޓްސަލް ދަނޑު އަޅަނީ ރަށުގެ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގަ އެވެ.
ކެންދޫ ކައުންސިލުން ބުނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.