ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގައި 17 ވޯޓްފޮށި ބަހައްޓާނެ

އިންތިހާބެއްގައި އޭދަފުށީގައި މީހަކު ވޯޓްލަނީ. ފައިލް ފޮޓޯ

މާދަމާ މުޅި ރާއްޖޭގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގައި 17 ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަތޮޅުގައި ބަހައްޓަން ހަމަޖެހިފައިވާ 17 ވޯޓް ފޮށީގެ ތެރެއިން އޭދަފުއްޓާއި ތުޅާދޫގައި ތިން ވޯޓުފޮށި ބަހައްޓާނެ އެވެ.

އޭދަފުށީގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި ބަހައްޓާނީ މިރަށު ބަހިއްޔާ ޕްރީ ސްކޫލުގަ އެވެ. މި ވޯޓް ފޮށްޓަށް ވޯޓްލާނީ މިރަށު އިރުމަތީ ސަރަހައްދުގައި ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މެދު ސަރަހައްދުން މިރަށު ޑޭޒީ ހިނގުމުގެ އިރުން، ނޮޅިމަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މިރަށުގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނެވެ.

އޭދަފުށީގައި ބަހައްޓާ ދެ ނަންބަރު ވޯޓްފޮށި ބަހައްޓާނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ޑޭޒީހިނގުމުގެ ހުޅަގުން، ނޮޅިމަގުގެ ހުޅަނގުން، ސަބްނަމު މަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ޏ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީ އާއި މާލެ ސިޓީގެ މީހުންނެވެ.

މިރަށުގައި ބަހައްޓާ ތިން ނަންބަރު ވޯޓްފޮށި ބަހައްޓާނީ ބ. އަތޮޅުހޮސްޕިޓަލުގެ ސެމިނާ ރޫމުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ސަބްނަމު މަގުގެ ހުޅަގަށް ހުރި ގޭގޭ ގެ ރަޖިސްޓްރީގައި ތިބި މީހުންނެވެ.

ތުޅާދޫގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި އެރަށު ސްކޫލު ޕޯޓިކޯ ތެރޭގައި، އަދި ދެ ނަންބަރު ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ އެ ރަށު ސްކޫލުގެ އިރުމަތީކޮޅު ހޯލުގަ އެވެ. ތިން ނަންބަރު ވޯޓްވޮށި ބަހައްޓާނީ އެރަށު ސްކޫލު ހޯލުގެ ހުޅަނގު ކޮޅުގަ އެވެ.

ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ހިތާދޫ، ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގައި ވޯޓްފޮށި ބަހައްޓާނީ މިރަށް ރަށުގެ ސްކޫލު މަދަރުސާތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކައުންސިލް އިންތިޚާބާއި ގުޅިގެން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.