ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން “ދިވެހި ސުފުރާ” ގެ ނަމުގައި ކުރިއަށް ގެންދާ ޑިނާ ނައިޓުން މިއަހަރު 62000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ސްކޫލުން ބުނެފި އެވެ.
2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޑިނާ ނައިޓަކީ ވަރަށް ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ޙަރަކާތެއްކަމަށް ކިހާދޫ ސްކޫލުން ބުންޏެވެ.
އެ ސްކޫލުން ބުނީ މިފަހަރުގެ ޑިނާ ނައިޓަށް ގާތްގަޑަކަށް 500 އަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޑިނާ ނައިޓުގައިވަނީ މަޝްހޫރު ބޮޑުބެރު ގުރޫޕެއްކަމުގައިވާ “ފަރުމާ” ގެ ހުށަހެޅުންތައް ހުށަހަޅައިދީފަ އެވެ.
ކިހާދޫ ސްކޫލުން ބުނީ މިފަދަ ހަރަކާތްތަކުން ލިބޭ ފައިސާ ޚަރަދުކުރާނީ ދަރިވަރުންގެ ކުރިއެރުވުމަށް ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.
ނަޢީމްބެމެން ތި ކުރާ ހިތްވަރަށް އައްސަރިބަހާ ސާބަސް. ގުޑްލަކް
ކިހާދޫ މީހުންގެ އެކުވެރިކަމަކީ ނަމޫނާ އެކުވެރިކަމެއް.. ކުޅިވަރުގަ ވެސް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައިވެސް ނަމޫނާ ރަށެއް.. ސާބަހޭ ކިހާދޫގެ ޒުވާނުންނަށް
ކިހާދޫ ރައްޔިތުންނަކީ ވަރަށް ވަރުގަދަ ރޫހެއް ހުރި ބައެއް އަޅުގަނޑު އެދެނީ އަބަދުވެސް ތި ގޮތުގައި ސާބިތުވެ ހުރުން………………………………………..
ކިހާދޫ މީހުން މީ ގަދަ ބައެއް. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ އަދިވެސް ނަމޫނާ ރަށެއް.