އޭދަފުށީ ކައުންސިލުގެ އަޣުލަބިއްޔަތު މިފަހަރުވެސް ޕީޕީއެމް އަށް

އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލުގެ އަޣުލަބިއްޔަތު ޕީޕީއެމް އިން ކާމިޔާބު ކޮށްފި އެވެ.

އޭދަފުށީގައި ބެހެއްޓި ތިން ވޯޓްފޮއްޓާއި މާލޭގައި ބެހެއްޓި ވޯޓްފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އޭދަފުށީ ކައުންސިލަށް އިންތިހާބުކުރަންޖެހޭ 5 ކައުންސިލަރުންގެ ތެރެއިން ތިން ގޮނޑި ލިބުނީ ޕީޕީއެމް އަށެވެ. އަނެއް ދެ ގޮނޑި ލިބުނީ އެމްޑީޕީއަށާއި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓަށެވެ.

އޭދަފުށީ ކައުންސިލަށް އިންތިހާބުވި ފަސް ކެނޑިޑޭޓުން:

1. ތޮލާލު އަބްދުއްރަހްމާން (ޕީޕީއެމް) 805 ވޯޓް
2. ނައުޝާދު އަހްމަދު (އެމްޑީޕީ) 703 ވޯޓް
3. ޒައިދު އަލީ (އަމިއްލަ) 661 ވޯޓް
4. ހައްވާ ސަމީހާ (ޕީޕީއެމް) 624 ވޯޓް
5. ޝަމްލާ އަބްދުﷲ (ޕީޕީއެމް) 595 ވޯޓް

ނަމަވެސް ބައެއް ރިސޯޓްތަކާއި އެހެން ސަރަހައްދުތަކުގައި ބެހެއްޓި އޭދަފުށީ ވޯޓު ފޮށިތަކުގެ ނަތީޖާ އަދި ނުލިބޭތީ، މި ނަތީޖާ ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

އެންމެ މަތިން ވޯޓް ހޯދި 5 ކެންޑިޑޭޓުން ފިޔަވަ އެހެން ހުރިހާ ކެންޑިޑޭޓުންނަށް ލިބުނު ވޯޓް ގެ އަދަދު
1.މުހައްމަދު ރިޞާ 512
11.ޔާސިރު ހުސައިން 462
4.އިރުޝާދު އިބްރާހިމް 462
8.އަހުމަދު ނާޞިރު 406
6 އަހުމަދު ރިޟާ 365
12.ހަމްދޫން މުހައްމަދު 337
2.މުހައްމަދު ނަސީރު 195

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.