ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބ. އަތޮޅު ކައުންސިލުގެ އޭދަފުށީ ދާއިރާގެ ގޮނޑި މަބްރޫކް ނަސީރު އަނެއްކާވެސް ކާމިޔާބު ކުރައްވައިފި އެވެ.
މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާގޮތުން އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި މަބްރޫކް އެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ 1210 ވޯޓުންނެވެ. އަދި މި ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ކުރިމަތިލެއްވި އަބްދުﷲ އަޝްރަފަށް ލިބިވަޑައިގެންނެވީ އަށް 1165 ވޯޓެވެ.
ބައެއް ރިސޯޓްތަކާއި އެހެން ސަރަހައްދުތަކުގައި ބެހެއްޓި އޭދަފުށީ ދާއިރާގެ ވޯޓު ފޮށިތަކުގެ ނަތީޖާ އަދި ނުލިބޭތީ، މި ނަތީޖާ އަށް ބަދަލުއައުން އެކަށީގެންވެ އެވެ. ނަމަވެސް މައިގަނޑު ނަތީޖާއަށް އިތުރު ބަދަލެއް އައުމަކީ ދުރުކަމެކެވެ.