ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ މޭ 10 ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ.

ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ބާއްވާ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު ދަރިވަރުންނާ ޓީޗަރުން ހިމެނޭގޮތަށް ބާއްވާ ހާއްސަ އެސެމްބްލީގަ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ބާއްވާ މައި ހަރަކާތް އޮންނާނީ، ތައުލީމީ މަރުކަޒުން ބުނި ގޮތުގައި، މާދަމާ ހަވީރު 4:00 އިން 6:00 އަށް އެ ސްކޫލުގެ ގޯތިތެރޭގަ އެވެ. މި ހަވީރުގައި ދަރިވަރުންގެ ހާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ކުޅިވަރު ސްޓޯލްތައް އޮންނާނެ އެވެ. އޭގެ ތެރޭގައި، ފޭސް ޕެއިންޓިން އާއި ބޯލިން އާއި ބޯލް ދަ ކްލައުން ފަދަ ތަފާތު ކުޅިވަރުތައް ހިމެނޭ އެވެ.

“އަޅުގަނޑުމެންގެ ބޭނުމަކީ ކުޑަކުދިންގެ ދުވަހު މަޖާ މާހައުލެއްގައި ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުން،”

“ކުޑަކުދިންގެ ހަވީރު” ގައި ވަރަށް ހާއްސަ ކެންޓީނެއްވެސް ކުރިއަށް ދާނެ އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.