ކައުންސިލަރުން ހުވާ ކުރުން އަންނަ މަހު 3 ގައި

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްފޮށްޓެއް ގުނަނީ. އިންތިހާބުވި ކައުންސިލަރުން ހުވާ ކުރާނީ އަންނަމަހު 3 ގައި

މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު ކައުންސިލަރުން ހުވާ ކުރުން އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާނެ ކަމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ބުނެފި އެވެ.

ޤާނޫނު ބުނާ ގޮތުން ކައުންސިލަރުން ހުވާ ކުރަން ޖެހެނީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގަ އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ފަނޑިޔާރުން ނުތިއްބަވާތީ ފަނޑިޔާރުން ތިއްބެވި ރަށްރަށުގައި އެއް ވަގުތެއްގައި ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނީ ފަނޑިޔާރުން ނުތިއްބަވާ ރަށްރަށަށް ފަނޑިޔާރުން ފޮނުއްވުމަށާއި، ހުވާކުރުމަށްޓަކައި ފަނޑިޔާރުންގެ ކަންކަން އިންތިޒާމް ކުރުމަށް ސުޕްރީމް ކޯޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދިފަނޑިޔާރުން ތިއްބެވި ރަށްތައް ފާހަގަކޮށް، ފަނޑިޔާރުން ނެތް ރަށްރަށަށް ފަނޑިޔާރުން ފޮނުވައި ހުވާ ކުރާނެ ގަޑިތައް ވަރަށް އިޢުލާން ކުރާނެ ކަަމަށްވެސް އެލްޖީއޭއިން ބުންޏެވެ.

މި ފަހަރު ކައުންސިލްތަކަށް 664 ކައުންސިލަރުން އިންތިހާބުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.