ދިރާގުން މޯލްޑިވިއަން އައިޑަލް ސީޒަން 2 އަށް ހާއްސަ ވައިބާ ސްޓިކާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި މި ސްޓިކާތަކުގައި ބޭނުން ކޮށްފައި ވަނީ އެ ޝޯގައި އާންމުކޮށް ބޭނުންކުރާ ބައެއް ބަސްތަކާއި ޕްރެޒެންޓަރުންގެ ކުރެހުން ތަކެވެ. އެގޮތުން “ހަމަ ކޮސްވެއްޖެ”، އޮބިނެސް ޓު ދަ މެކްސް”، ލައްވާލީމަ ފޯ ޖީ”، “މަހައްދޭ ބަލަ” ފަދަ ބަސްތައް ހިމަނާފައިވެ އެވެ.
މީގެ އިތުރުން އެ ސްޓިކާތަކުގައި އެ ޝޯގެ ޖަޖުންނާއި އެ ޝޯގެ ފުރަތަމަ ސީޒަންގެ ލަވަކިއުންތެރިންގެ ސްޓިކާ ވެސް ހިމެނެ އެވެ.
ދިރާގުން ބުނި ގޮތުގައި މި ސްޓިކާތައް މިހާރު ވައިބާ ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑްކުރެވޭނެ އެވެ.