އަންވަރު ގއ. ކޮނޑޭއަށް ބަދަލުކޮށްފި

އަހްމަދު އަންވަރު

ބ. އޭދަފުށިގައި ފެނަކަ އިން ހިންގާ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރު ކުއްލި ގޮތަކަށް ގއ. ކޮނޑޭ އިންޖީނުގެއަށް ވަޒީފާ ބަދަލުކޮށްފި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަހްމަދު އަންވަރު ކޮނޑޭ އަށް ބަދަލުކުރި ސަބަބެއް އޭނާ އަށް އަންގާފައެއް ނުވެ އެވެ.

ފެނަކައިން އޭނަ އަށް ފޮނުވި ލިއުމުގައި ހަމައެކަނި އަންގާފައި ވަނީ ވަޒީފާ އަދާކުރާ ތަން ބަދަލުވެފައިވާ ކަމެވެ.

މިކަމާ ގުޅިގެން ގުޅޭ ގޮތުން ފެނަކަ އަދި އަހްމަދު އަންވަރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ނަމަވެސް މިއީ، ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފެނަކައިގެ ބްރާންޗްތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ. އިންތިހާބުގައި އޭދަފުށީ ކައުންސިލުގެ ފަސް ގޮނޑީގެ ތެރެއިން ޕީޕީއެމަށް ކާމިޔާބު ކުރެވުނީ ތިން ގޮނޑި އެވެ. އަދި އަތޮޅު ކައުންސިލުގެ ގޮނޑިތަކުން ޕީޕީއެމަށް މިފަހަރު ލިބުނީ ނާކާމިޔާބީ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނި، ފެނަކަ އަކީ ސިޔާސީ ކަންކަން ވަރަށް ބޮޑު ކުންފުންޏެއްގެ ގޮތުގައި އޮންނަނީ އަޑުފެތުރިފަ އެވެ. ސިޔާސީ އެކި ކަންކަމާ ގުޅިގެން ބައެއް ބްރާންޗުތަކުން މީހުން ވަކިކުރުމާއި ވަޒީފާ ދިނުން ފަދަ ކަންކަން ހިންގާ ކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ވެސް ފާޅުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.